English Edition
Dhivehi Edition
ފޮޓޯ: މުނިއަވަސް

މިއަންނަ ރަމަޟާންމަހު ރާއްޖެ ޓީވީން ގެނެސްދޭން ނިންމާފައިވާ އެންމެ ބޮޑު ރިއަލިޓީ ޝޯ ” ޕްރިސްޓަރ އޮއިލް ސިލެބްރިޓީ ރޭސް “ގެ ޓްރެއިލަރ ދައްކާލައިފިއެވެ.

https://www.facebook.com/watch/?v=692672258098574

”ޕްރިސްޓަރ އޮއިލް ސެލެބްރިޓީ ރޭސް “ގެ ޓްރެއިލާ ޕޯސްޓަރާއި ވީޑިއޯ އާއްމުކޮށްފައިވަނީ އެސް ޕްރޮޑަކްޝަންގެ މީޑިއާ ވައިބަރ ގްރޫޕް މެދުވެރިކޮށެވެ .
މިއީ މަޝްހޫރު އެކްޓަރ/ޑައިރެކްޓަރ ޢަލީ ސީޒަންގެ ޕްރޮޑަކްޝަން ހައުސް ’އެސް ޕްރޮޑަކްޝަން ‘ އާއި ރާއްޖެ ޓީވީ ގުޅިގެން އުފައްދާ ޝޯއެކެވެ. މިޝޯގައި ރާއްޖޭގެ މަޝްހޫރު 8 ފިލްމީ ތަރިން ބައިވެރިވާނެއެވެ. އެގޮތުން މުހައްމަދު މަނިކު، އިސްމާއީލް ޖުމައިހް (ޖުމާ)، ސަރާ، ނާޝިދާ މުހައްމަދު (ނާއްކޮ)، އަހްމަދު އީސާ (އާނަންދު)، ޖާދުﷲ އިސްމާޢީލް (ޖާދު)، މަރްޔަމް ޝިފާ އަދި އައިމިނަތު ރަޝްފާ (އާޝާ) ވަނީ ރާއްޖެ ޓީވީއާ އެކު އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

މިޝޯގެ ހޯސްޓު އަލީ ސީޒަން ބުނާ ގޮތުގައި މިއީ ރާއްޖޭގައި އުފައްދާ އެންމެ ބޮޑު ރިއަލިޓީ ޝޯ ކަމަށާއި މިއީ ރާއްޖޭގެ ޓީވީ ޗެނަލަކުން އުފައްދާ އެންމެ މަސައްކަތް ބުރަ ޝޯވއަށް ވެގެންދާނެ ކަމަށެވެ.