English Edition
Dhivehi Edition

ވޯޓު ލީ މީހުންގެ މެޖޯރިޓީ ނުލިބި އިންތިޚާބު ވުމަކީ ޤާނޫނު އަސާސީ ދަންނަ ކަމެއް ނޫންކަމަށާއި އިންތިހާބު ނުނިމެނީސް އެއްވެސް ކެންޑިޑޭޓަކު ނުހޮވޭނެކަމަށް މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ އަމިއްލަ ކެންޑިޑޭޓް އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

މިއަދު އަލްހާން ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ އިންތިހާބުގައި ވޯޓު ލީ މީހުންގެ މެޖޯރިޓީ ނުލިބި އިންތިޚާބު ވުމަކީ ޤާނޫނު އަސާސީ ދަންނަ ކަމެއް ނޫންކަމަށާއި އިންތިހާބު ނުނިމެނީސް އެއްވެސް ކެންޑިޑޭޓަކު ނުހޮވޭނެކަމަށެވެ. އަދި އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާނެކަަމަށްވެސް އަލްހާންވަނީ ވިދާޅުވެފައެވެ.

ކޮވިޑް19 ގެ ސަބަބުން އިންތިހާބުގެ ތާރިހު ފަސްވުމާއި ގުޅިގެން ގިނަ ކެންޑިޑޭޓުންވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަނުކުރަން ނިންމާފައެވެ. މި ގޮތުން އިންތިހާބުގައި ވާދަކުރުމަށް ހުށަހެޅި 2264 ކެންޑިޑޭޓުންގެ ތެރެއިން އިންތިހާބަކާއި ނުލާ 30 ކެންޑިޑޭޓުންވަނީ ގޮނޑި ކަށަވަރުކޮށްފައެވެ.