މިކަމާ ގުޅޭގޮތުން މައުލޫމާތު ދެމުން އިލެކްޝަންސް ކޮމިޝަނުގެ ކޮމިއުނިކޭޝަން އެގްޒެކެޓިވް މަރިޔަމް ޝާހިޔާ ބުނީ، އިންތިހާބުގެ މަސައްކަތްތަކަށް ހަތް ދާއިރާއަކުން މުވައްޒަފުން ނަގާނެ ކަމަށެވެ.
އޭގެ ތެރޭގައި އެޗްއާރް، އެޑްމިނިސްޓްރޭޝަން، މީޑިއާ، އައިޓީ، ފައިނޭންސް އަދި ލީގަލް ދާއިރާ ހިމެނެއެވެ. މުވައްޒަފުން ހޯދުމަށް ބޭއްވި ވޯކް އިން އިންޓަވިއުތައް ނިމުނު ނަމަވެސް، ފެބްރުއަރީ 26 ގެ ނިޔަލަށް އެޕްލިކޭޝަން ފޯމު މެއިލްކޮށްގެން ވަޒީފާއަށް އެދެވޭނެ އިންތިޒާމު ހަމަޖެހިފައިވާކަމަށް އޭނާ ބުންޏެވެ.
ކައުންސިލްތަކުގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ އެޕްރީލް މަހުގެ ހަތަރު ވަނަ ދުވަހުއެވެ. މި އިންތިހާބަށް އިދާރީ މުވައްޒަފުންގެ ގޮތުގައި 100 އަށްވުރެ ގިނަ މީހުން ބޭނުންވާއިރު، ޝަރުތުހަމަވާ މީހުންނާ އިންޓަވިއުކުރުމާއި ވަޒީފާއަށް ބޭނުންވާ ހުނަރު ހުރިތޯ ބެލުމަށް ޓެސްޓުތައް ވެސް ކުރިއަށް ގެންދާނެކަމަށް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދެއެވެ.