ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތަކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ނަތީޖާ ކަށަވަރު ނުކުރެވި ހުރި ދާއިރާތަކުގެ ދެވަނަ ބުރުގެ ވޯޓު ލުން މިއަދު ފަށައިފިއެވެ.
މިދިޔަ މަހުގެ 10 ވަނަ ދުވަހު ބޭއްވި އިންތިހާބުގައި ނަތީޖާ ކަށަވަރު ނުކުރެވި ވާ ރަށްތަކަކީ ހއ. ތަކަންދޫއާއި، ހއ. އުލިގަމާއި، ނ. މަގޫދޫއާއި، ރ. މާކުރަތާއި، ބ. ކެންދޫއާއި، ބ. ކިހާދޫއާއި، ވ. ފުލިދޫއާއި، މ. ރަތްމަންދޫއާއި ފ. ދަރަނބޫދޫ، އަދި ލ. ކަލައިދޫގައެވެ. މީގެ އިތުރުން ދާއިމީ ނަތީޖާ އިއުލާން ކުރުމުގެ ކުރިން ދެ ރަށެއްގެ ވޯޓުފޮށީގައި މައްސަލަތަކެއް ދިމާވެގެން އެ ދެ ރަށުގައި އަލުން ވޯޓުނެގުމަށް އީސީން ވަނީ ނިންމާފަ އެވެ. އެއީ ލ. މާވަށާއި ތ. ގާދިއްފުއްޓެވެ.
މި ރަށްތަކުގެ ވޯޓުލުން މިއަދު ހެނދުނު 9:00 އިން ފެށިގެން ހަވީރު 16:00 ހަމައަށް ކުރިއަށް ގެންދިއުމަށްވަނީ ނިންމާފައެވެ.
މިހާތަނަށް ނަތީޖާ ދައްކާ ގޮތުން ކައުންސިލްތަކުގެ 400 ގޮނޑިއެއް ވެރިކަން ކުރާ އެމްޑީޕީއަށް ލިބިފައިވާއިރު އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީ އަށް ލިބިފައިވަނީ 325 ގޮނޑިއެވެ.