English Edition
Dhivehi Edition

އައްޑޫގައި ކޮވިޑް19 ގާތްގަނޑަކަށް މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށާއި އެ ސިޓީގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތް ކަމަށް ނުބެލެވޭކަމަށް އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އީއޯސީ) އިން ރޭ ބުނެފި އެވެ.

ކޮވިޑް19ގެ އައްޑޫގެ ހާލަތާއި ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގެ ޑރ. އަބްދުﷲ މުންޝިދު ވިދާޅުވީ އައްޑޫން ކޮވިޑް-19 އަށް ބަޔަކު ޕޮޒިޓިވްވި ކްލަސްޓާތަކުގެ ބޭރުން މިހާތަނަށް އެއްވެސް މީހަކަށް ބަލި ޖެހިފައިނުވާކަމަށެވެ. އެހެންކަމުން އައްޑޫގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތް ކަމަށް ނުބެލެވޭކަމަށް ޑރ.މުންޝިދު ވިދާޅުވިއެެވެ،

އައްޑޫގައި ކޮވިޑް ވަރަށް ބޮޑަށް ކޮންޓްރޯލްކުރެވިފައިވާކަން ފާހަގަކޮށް ޑރ.މުންޝިދު ވިދާޅުވީ އެގޮތަށް ދިމާވީ ކޮވިޑާއި ގުޅިގެން އެޅި ފިޔަވަޅުތަކަށް ރައްޔިތުން ވަރަށް ރަނގަޅަށް އިޖާބަ ދެމުން އަންނާތީ ކަމަށެވެ. އިތުރަށް ޑރ.މުންޝިދު ވިދާޅުވީ މި ވަގުތު ކޮމިއުނިޓީ ސްޕްރެއް އޮތް ކަމަށް ނުބެލުނަސް އަދިވެސް ފިޔަވަޅުތަކާއި އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް ވަރަށް ބޮޑު އިސްކަމެއް ދޭން ޖެހޭކަމަށެވެ.