English Edition
Dhivehi Edition
ފުލުހުން ސިނަމާލެ ބްރިޖުގެ ޓްރެފިކް ބަލަހައްޓަނީ - ފޮޓޯ: ޕޮލިސް

ކޮވިޑް19 އާއި ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރެއިން، މާލެ ސަރަހައްދުގައި އިއުލާންކޮށްފައިވާ ކާފިއު ދެ ހަފްތާއަށް އިތުރުކޮށްފި އެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި ނެރުނު އެންގުމުގައި ބުނީ، ރާއްޖޭގައި ކޮވިޑް19 ފެތުރުން ކޮންޓްރޯލުކޮށް އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަމަށްޓަކާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް، ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބޭ ބާރުގެ ދަށުންް 2021 ފެބްރުއަރީ ދެވަނަ ދުވަހު މާލެެ ސަރަހައްދުގައި 14 ދުވަހުގެ މުއްދަތަށް އަޅާފައިވާ ފިޔަވަޅުތައް މާދަމާ އިން ފެށިގެން އިތުރު 14 ދުވަހުގެ މުއްދަތަކަށް އިތުރު ކުރަން ނިންމައި، އެކަން އަންގާ ކަމަށެވެ.

އެގޮތުން މާލެއާއި، ހުޅުމާލެއާއި، ވިލިމާލޭގައި ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 4:30 އަށް، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާކޮށްފައި ވެއެވެ. އަދި ޕާކުތަކާއި މައިޒާންތަކަށް ޒިޔާރަތްކުރުން ހުއްޓައިލުމަށް އަންގާފައިވާއިރު ކަސްރަތުކުރުމަށް ކަނޑައަޅައިފައިވާ ޕާކުތަކުގައި އެޗްޕީއޭއިން ކަނޑައަޅާ ގައިޑްލައިނާއި އެއްގޮތަށް ކުރިޔަށް ގެންދިޔުމަށްވެސް އެދިފައި ވެއެވެ. މީގެ އިތުރުން އެއްފަހަރާ 10 މީހުންނަށް ވުރެ އިތުރަށް އާންމު ތަންތަނަށް އެއްވެ އުޅުންވެސް ވަނީ މަނާކޮށްފައެވެ.