English Edition
Dhivehi Edition

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ހިތަދޫ ކޮރޮވަލު ދާއިރާއަށް ޕީޕީއެމް އިން ވާދަކުރައްވާ ކެންޑިޑޭޓް މުހައްމަދު ޖިނާން (ޖިންކޯ) ގެ ނަން އަނބުރާ ގެންދިޔަ މައްސަލައެއް ޕީޕީއެމް/ޕީއެންސީ ކައުންސިލަށް ހުށަހަޅައިފި އެވެެ.

އިދިކޮޅު ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ޖިންކޯގެ މައްސަލަ ކައުންސިލަށް ހުށަހަޅާފައިވާތީ އެ މައްސަލާގައި ކުރިއަށް ދާނެ ގޮތެއް ވަރަށް އަވަހަށް ނިންމާނެ ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުން، ޖިންކޯގެ މައްސަލަ ޕީޕީއެމް/ޕީއެންސީގެ ކައުންސިލަށް ހުށަހެޅާފައިވަނީ ޕާޓީއާ މަޝްވަރާނުކޮށް ނަން ނެގުމާއި ގުޅިގެންނެވެ.

ޖިންކޯ ގެ ނަން ގެންދިއުމުން، އެމްޑީޕީގެ ފަރާތުން އެ ދާއިރާ އަށް ވާދަކުރާ އިބްރާހިމް ޝިނާޒް މޫސާ އަށް މިހާރު އެ ގޮނޑި ކަށަވަރުވެފައިވާއިރު ނަން ނެގި މައްސަލައިގައި ޖިންކޯގެ މައްޗަށް ބޮޑެތި ތުހުމަތު ތަކެއްވެސް ގިނަ ބަޔަކު އަންނަނީ ކުރަމުންނެވެ. އެހެންނަމަވެސް މި ވާހަކަތަކަށް ޖިންކޯގެ ފަރާތުން އެއްވެސް ރައްދެއް ދީފައި ނުވާއިރު އޭނާ ބުނީ ނަން އަބުރާ ގެންދިޔައީ މި ވަގުތު ސިއްޙީ ހާލު ހުރި ގޮތުންކަމަށެވެ.

މިކަމާއި ގުޅޭ އިތުރު ތަފްސީލުދެމުން ޖިނާން ކުރި ޓުވިޓެއްގައި ބުނީ ހިތަދޫ ކޮރަވައު ދާއިރާ އަށް ކައުންސިލް އިންތިހާބުގައި ކުރިމަތިލީ ކާމިޔާބުގެ ފުރިހަމަ އުންމީދާ އެކު ކަމަށާ ނަމަވެސް ފުރަމޭގެ ބައްޔަކަށް ބޭސް ކުރަން ޖެހި އިންތިހާބީދާއިރާއަށް ދެވޭނެ ގޮތް ނުވުމަކީ މިއިންތިހާބުން ނަންނަގަން ޖެހުން މައިގަނޑު ސަބަބުކަމަށެވެ. އަދި ‏އައްޑޫ ސިޓީ އަދި އެހިން ހުރިހާ ޕީޕީއެމް ގެ ކެންޑިޑޭޓުނަށް ދެވެން އޮތް އެއްބާރުލުމެއް ވެސް ޕީޕީއެމްގެ އާއިލާއައް ޔަގީންކަން އަރުވާކަމައް ވެސް ޓުވީޓް ގައި ބުނެފައި ވެއެވެ.

 

1 ކޮމެންޓް
އިބުރާހީމު
ފެބުރުއަރީ 16, 2021
ބަލިވީމާ ޕާޓީއާއި ވާހަކަދައްކައިގެންވެސް ހަމަޖެއްސިދާނެ. މިހާރު މިއިވޭ އަޑުތަކާ ކުރިން އިވުނު އަޑުތަކާ އަޅާކިޔާއިރު 3 ފަހަރުވެސް ހެދީތިހެން. މިފަހަރުގެ ތަފާތަކީ ކުރިން ނަންނެގުން. 2014 ވަނަ އަހަރު މަޖިލިސް އިންތިކާބު ޕީޕީއެމަށް ނުލިބުނު 90 ވޮޓަކީ ތިޔަ ޖިންކޯ އަސްލަމާ ޑީލް ހެދީ. މިދިޔަ ފަހަރުވެސް ޑީލްހެދީ ނޫންނަމަ ދެފަހަރުވެސް އަސްލަމް ނުހޮވޭނެ. ހުރިހާ ކަމެއް މި ނުމުނީ ކުރިން ވެސް ހީކުރިގޮތަށް.