English Edition
Dhivehi Edition

ފުރިހަމަ ތަރައްޤީއެއް ރާއްޖެއަށް ގެނައުމަށް ރައީސްކަމުގެ ދެ ދައުރު ފުރިހަމަކުރުމަށް ފުރުސަތު ދޭންޖެހޭކަމަށާއި ފަސް އަހަރުގެ އެއް ދައުރަކީ ތަރައްޤީ ގެނައުމަށް އެންމެ އެކަށޭނަ މުއްދަތެއް ނޫންކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މިއަދު “ރާއްޖެޓީވީ”ގެ ޕްރޮގްރާމެއްގައި ވާހަކަދައްކަމުން ރައީސް އޮފީހުގެ ތަރުޖަމާނު ވިދާޅުވީ މިހާތަނަށް އައިރު ރާއްޖޭގެ ޑިމޮކްރަސީގައި ފަސް އަހަރުގެ އެއް ދައުރަށްވުރެ ދިގުކޮށް ވެރިކަން ކުރެވިފައި ނުވާކަމަށާއި ރާއްޖޭގެ ވެރިކަމުގެ ނިޒާމު މިހާރު ހިނގާގޮތުން ތަރައްޤީ ގެނައުމުގައި ލަސްތަކެއް ކުރިމަތިވާކަމަށެވެ.

ދެދައުރު ވެރިކަން ކުރުމުގެ ފުރުސަތު ލިބުމުން ކަންކަން ކާމިޔާބު ކުރެވޭނެކަމުގެ ހެކިދައްކަމުން މަބްރޫކް ވަނީ އެމެރިކާގެ ރައީސް ބަރަކް އޮބާމާގެ ވެރިކަމުން މިސާލު ނަންގަވާފައެވެ. މި ގޮތުން މަބްރޫކް ވިދާޅުވީ އޮބާމާގެ ފުރަތަަމަ ދައުރުގެ ހަތަރު އަހަރުގައި މާގިނަ ކާމިޔާބީތަކެއް ޙާސިލުނުވުމުން ފާޑުކިޔުންތައް އަމާޒުވި ނަމަވެސް ދެވަނަ ދައުރުގައި ގައުމަށް ތަރައްޤީ ގެންނެވިކަން ފާހަގަކުރައްވާފައެވެ.

 

1 ކޮމެންޓް
ޓީ
ފެބުރުއަރީ 16, 2021
އަސްލުވެސް ވީމާ ދައުރު 10 އަހަރަށް ހަދާލަމާ. މިހާރު ހެދިދާނެ.