English Edition
Dhivehi Edition

އައްޑޫ ސިޓީ އިން މިހާތަނަށް 1647 ފަރާތަކަށް ވެކްސިން ދީފައިވާކަމަށް އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ،

އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނީ މިއަދު އައްޑޫގައި ކުރިޔަށް ގެންދެވުނު ވެކްސިން ޕްރޮގްރާމުގެ ދަށުން 278 ފަރާތަކަށް ވެކްސިން ދެވިފައިވާކަމަށެވެ. މި ގޮތުން ހިތަދޫ އިން 176 ފަރާތަކަށް ވެކްސިން ދީފައިވާއިރު ފޭދޫ އިން ވަނީ 33 ފަރާތަކަށް ވެކްސިން ދީފައެވެ. އަދި މަރަދޫ އިން 36 މީހަކަށް ވެކްސިން ދީފައިވާއިރު ހުޅުދޫ ީދޫ އިން ވަނީ 33 މީހަކަށް ވެކްސިން ދީފައެވެ.

މާދަމާ 60 އަހަރުން މަތީގެ މީހުންނަށް ވެކްސިން ޖެހުމަށް ހަމަޖެހިފައިވާއިރު އައްޑޫގައި ވެކްސިން ދިނުމުގައި އެންމެ ފުރަތަމަ އިސްކަންދީފައިވަނީ ހައި ރިސްކު މީހުންނާއި، ދޮށީ އުމުރުގެ މީހުންނަށެވެ.