English Edition
Dhivehi Edition
އައްޑޫގައި ވެކްސިން ޖެހުން ކުރިއަށް ދަނީ/ފޮޓޯ ސޯޝަލް މީޑިއާ

އައްޑޫ ސިޓީ އިން މިހާތަނަށް 1369 ފަރާތަކަށް ވެކްސިން ދީފައިވާކަމަށް އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ،

އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނީ މިއަދު އައްޑޫގައި ކުރިޔަށް ގެންދެވުނު ވެކްސިން ޕްރޮގްރާމުގެ ދަށުން 176 ފަރާތަކަށް ވެކްސިން ދީފައިވާ ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ ހިތަދޫން ވެކްސިން ދެވުނު 110 ފަރާތަކާއި، ހުޅުދޫ މީދޫ އިން ވެކްސިން ދެވުން 33 ފަރާތެއްގެ އިތުރުން ފޭދޫ އިން ވެކްސިން ދެވުނު 33 ފަރާތެވެ.

އައްޑޫގައި މިހާތަނަށް ޖުމްލަ 1369 ފަރާތަކަށް ވެކްސިން ދެވިފައިވާއިރު މިހާތަނަށް އައްޑޫގެ ހުރިހާ ސިއްހީ ހިދްމަތްތެރިންނަށް ވަނީ ވެކްސިން ދީފައެވެ، މީގެ އިތުރުން އައްޑޫގައި ވެކްސިން ދިނުމުގައި އެންމެ ފުރަތަމަ އިސްކަންދީފައިވަނީ ހައި ރިސްކު މީހުންނާއި، ދޮށީ އުމުރުގެ މީހުންނަށެވެ.