ތުނބުޅި އާއި ބުރުގާ އަޅާފައިވާ ތިބޭ އެންމެންކީ ހައްދުފަހަނަ އަޅާފައި ތިބޭ ބައެއްކަމަށް ދެކޭ ވިސްނުން ބަދަލުކުރަންޖެހޭ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.
މަހްލޫފް މިހެން ވިދާޅުވީ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ތަރި އަލީ އަޝްފާގް (ދަގަނޑޭ) އާއި ގައުމީ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލްޣަނީ އަކީ ޖިހާދަށް ދާން ތައްޔާރަށް ހުރި މީހެއް ކަމަށް ބުނެ އެމްޑީޕީގެ އެކްޓިވިސްޓު ސޫޒަން އިބްރާހިމްފުޅު ދިމާކުރުމާ ގުޅިގެން ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ދެ ކުޅުންތެރިންގެ ދިފާއުގައި ކުރެއްވި ޓުވިޓެއްގައެވެ.
މަހްލޫފް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ މުޖުތަމައުގައި ތަފާތު ވިސްނުމުގެ މީހުން އުޅޭނެ ކަމަށާއި ހިޔާލު ތަފާތު ވިޔަސް އެއްބަޔަކު އަނެއް ބަޔަކަށް އިހްތިރާމް ކޮށްގެން އުޅެން ދަސްކުރަންޖެހޭ ކަމަށެވެ. “އަޝްފާގު އާއި އަކްރަމް އަކީ ބަތަލުން” މަހްލޫފްގެ ޓުވިޓްގައި ވިދާޅުވިއެވެ.
Ashfaq/Akram akee 🇲🇻 bathalun.
Thunbulhi/ buruqa alhaafa thibey emmenakee hahdhufahana alhaafaivaa baehkamah dhekey visnun badhalu kuranjehey.
Mujthamauehga ulheynee thafaathu visnunumuge meehun. Khiyaalu thafaathuviyas,ehbayaku anehbayakah ihthiraam kohgen ulhen dhaskuranjehey. pic.twitter.com/jOisymtEuu— Ahmed Mahloof (@AhmedMahloof) February 13, 2021
ސޫޒަން ކުރި ޓްވީޓުގައi ފުޓުބޯޅަ ކުޅުންތެރިޔާ އަޝްފާގްގެ އިތުރުން ގައުމީ ޓީމްގެ ކެޕްޓަން އަކްރަމް އަބްދުލް ޢަނީގެ ފޮޓޯ އާންމު ކުރުމަށް ފަހު ބުނެފައިވަނީ ޖިހާދަށް ދާން ތައްޔާރަށް ތިބި ބަޔަކު ފުޓުބޯޅަ ކުޅޭތަން ބަލަން ދާނެތޯ އާއި އެމީހުން ކުޅޭތަން ބަލަން ދާނެ ބަޔަކު ތިބިތޯ ސުވާލު އުފައްދާފައެވެ.