English Edition
Dhivehi Edition
ނ. މަގޫދޫގައި ބައި-އިލެކްޝަން ކުރިއަށްދަނީ - ފޮޓޯ: އިލެކްޝަންސް

ލ. ކަލައިދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއަށް މެންބަރަކު ހޮވުމަށް ބޭއްވި ބައި އިލެކްޝަނާއި ނ. މަގޫދޫ ކައުންސިލަށް އަންހެން މެންބަރަކު އިންތިޚާބު ކުރުމަށް ބޭއްވި ބައި-އިލެކްޝަނުން އެމްޑީޕީ ބަލިވެއްޖެ އެވެ.

މީގެތެރެއިން ކަލައިދޫގެ އަންހެނުންގެ ކޮމިޓީގެ ގޮނޑި ޕީޕީއެމްގެ ކެންޑިޑޭޓް އައިޝަތު ސާފިޔާ ކާމިޔާބުކުރީ އެމްޑީޕީގެ ހުވައިލަތާއި ވާދަކޮށްގެން 197 ވޯޓު، 192 ވޯޓުން ނެވެ.

މަގޫދޫގެ އަންހެނުންގެ ކޮމިޓީގެ އިންތިހާބު ޕީޕީއެމްގެ ޔުމްނާ ކާމިޔާބުކުރީ 124 ވޯޓު، 115 ވޯޓުން ނެވެ. ޕީޕީއެމް އިން ވާދަކުރި އާމިނަތު ޔުމްނާ އަބްދުލްޣަނީ އަށް ލިބުނީ 124 ވޯޓެވެ. އަދި އެމްޑީޕީ އިން ވާދަކުރި ފަރީދާ އަދްނާނަށް ލިބުނީ 115 ވޯޓެވެ.

މި ނަތީޖާއާ އެކު ޔޫތް މިނިސްޓަރ އަހްމަދު މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މިއަދަކީ އެމްޑީޕީއަށް ނާކާމިޔާބު ދުވަހެއް ކަމަށެވެ.

އެމްޑީޕީގެ ކެމްޕެއިން ކޮމެޓީގެ ޗެއަރ ކަން ވެސް ކުރައްވާ މަހުލޫފް ވިދާޅުވީ ދެ ގޮނޑި ވެސް ގެއްލުނީ ވަރަށް ކުޑަ ތަފާތަކުން ކަމަށާއި އެގޮތުން މި އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓުންނާއި ކެމްޕެއިން ޓީމުތަކުން ކުރި މަސައްކަތަށް ތައުރީފް ކުރައްވާ ކަމަށެވެ. އަދި އެ ދެ ގޮނޑި ކާމިޔާބު ކުރި ޕީޕީއެމްގެ ކެންޑިޑޭޓުންނަށް އޭނާ ވަނީ މަރުހަބާ ވިދާޅުވެފަ އެވެ.