ހިތުގައި އުފެދޭ ޖަޒުބާތާއި އިހުސާސްތައް އަނެކާއަށް ހުށަހެޅުމަށް ދިވެހިން ބޭނުން ކުރާ އެންމެ އިޝްގީ ގޮތަކީ އަބަދުވެސް މިއުޒިކާއި ލަވަކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާއި މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒްގެ ކައިވެންޏަށް 24 އަހަރު ފުރުމާއި ގުޅިގެން އެ ދެމަފިރިންނަށް މަރުހަބާ ވިދާޅުވެ ކުރެއްވި ޓުވިޓެއްގައެވެ، “ކިތަންމެ ދުވަހެއް ވިޔަސް އަދި ކިތަންމެ ފަހަރަކު ވިޔަސް ދިވެހިން ލޯތްބާއި ހިތުގެ އިހުސާސްތައް ހުށަހަޅާ އެންމެ އިޝްގީ ގޮތަކީ ހަމަ މިއުޒިކާއި ލަވައިން، ރޮޒައިނާއާއި ނާޝިޒްއަށް މަރުހަބާ،” ރޮޒައިނާ ގެ އަޑުން ކިޔާފައިވާ ލަވައެއް ހިއްސާކުރަވަމުން ނަޝީދު ވިދާޅުވިއެވެ.
Kithanme dhuvaheh viyas adhi kithanme faharaku viyas Dhivehin loaybaai hithuge ihsaasthah hushahalha enme ishqee eh gothakee hama music aai lavain.
Congratulations @Roxeyna and @Mnashiz 🎉🎉 pic.twitter.com/g6PkZS0OME— Mohamed Nasheed (@MohamedNasheed) February 13, 2021
ރައީސް ނަޝީދު މިހެން ވިދާޅުވެ ޓުވިޓްކޮށްފައި މިވަނީ މާލޭގައި ޒުވާނުންނަށް މަޖާ ކޮށްލެވޭ ގޮތަށް މިއުޒިކް ފަދަ ހަރަކާތްތައް ހިންގާ މަރުކަޒުތައް އެޅުމަށް ގޮވާލައި އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ހުށަހަޅުއްވާފައިވާ ގަރާރާއި ގުޅިގެން މަޖިލީސް މެމްބަރުންނާއި ދީނީ އިލްމުވެރިންގެ މެދުގައި ބޮޑު ހިޔާލު ތަފާތުވުންތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ.
މިއުޒިކަކީ ދިވެހިންގެ އާންމު ދިރިއުޅުމާއި ގުޅިފައިވާކަމެއް: ރައީސް ނަޝީދު