English Edition
Dhivehi Edition

އައްޑޫ ސިޓީގައި ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނޭ އުމުރުން ދުވަސްވީ މީހެއްގެ ހާލު ބޮޑުވެ ކޮވިޑް ފެސިލިޓީގައި އެޑްމިޓްކޮށް، ފަރުވާ ދޭން ފަށައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮވިޑް ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދަނީ އައްޑޫ ސީޓި ފޭދޫއަށް ނިސްބަތްވާ އަންހެނަކަށެވެ. އުމުރުން 79 އަހަރުގެ ހައިރިސްކު މީހެއްގެ ހާލު ބޮޑުވެ، އައްޑޫ ކޮވިޑް މެނޭޖުމެންޓް ހޮސްޕިޓަލުގައި ރޭ އެޑްމިޓުކޮށްފައިވާއިރު މިވަގުތު އެތަނުގައި ތިން ބަލިމީހަކަށް އަންނަނީ، އެޑްމިޓުކޮށްގެން ފަރުވާ ދެމުންނެވެ.

އައްޑޫ އިން މިހާތަނަށް ކޮވިޑަށް ފަންސާސް ތިން މީހަކު ޕޮޒިޓިވްވެފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ ހިތަދޫ އިން 17 މީހެއް އަދި ފޭދޫ އިން ހަތް މީހެއްގެ އިތުރުން މަރަދޫ ފޭދޫގައި ހަތަރު މީހެއް އަދި ހުޅުދޫ މީދޫގައި 25 މީހުންނެވެ.