English Edition
Dhivehi Edition
ފޮޓޯ: ފުވައްމުލަކު ކައުންސިލް

އައްޑޫ ސިޓީ މޮނިޓަރިންގ އަށް ލުމާއި ގުޅިގެން ފުވައްމުލައް ސިޓީއަށް އެބުރި ނާދެވިފައި ތިބި އެ ރަށު ރައްޔިތުން އަބުރާ ރަށަށް ގެންދިއުމުގެ މަސައްކަތް ފުވައްމުލަކު ސިޓީ ކައުންސިލުން ފަށައިފިއެވެ.

މި ގޮތުން އައްޑޫގައި ރަށަށް ނުދެވި ތިބި ފުވައްމުލަކު ރައްޔިތުންގެ ތެރެއިން 21 ފަރާތެއް ވަނީ މިރޭ ސަދަން ޓްރާންސްޕޯޓް ލިންކް ފެރީއިން ފުވައްމުލަކަށް ގެންގޮސްފައެވެ. އަދި ފުވައްމުލަކަށް ނާދެވިފައި ތިބި 41 ފާރާތެއްވެސް ވަނީ ރިލެކްސް ފެރީއިން ގައި ފުވައްމުލަކަށް ގެންގޮސްފައެވެ. އައްޑޫ ސިޓީ އިން ފުވައްމުލަކަށް ގެންދާ އެ ރަށު ރައްޔިތުން ހޯމް ކަރަންޓީނަށް ފޮނުވަމުން އަންނައިރު ކައުންސިލުން ވަނީ ފުވައްމުލަކު ރައްޔިތުން ރަށަށް ގެނައުމަށްޓަކައި ހޯމް ކަރަންޓީން ވުމަށް، ގެތައް ޗެކްކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންގޮސްފައެވެ.

އައްޑޫ ސިޓީއިން ފުވައްމުލަކަށް މިއަދު ޖުމްލަ 62 ފަރާތް ވަނީ ހޯމް ކަރަންޓީނަށް ގެންގޮސްފައެވެ.