English Edition
Dhivehi Edition

އައްޑޫ ސިޓީ އިން ފުވައްމުލައް ސިޓީ އަށް ދިޔަ މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެ އެ ރަށުން ޕޮޒިޓިވްވި މީހުންގެ އަދަދު 14 އަށް އަރައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފުވައްމުލައް ސިޓީ އިން ޕޮޒިޓިވްވި މީހާ އަކީ ކޮވިޑު އަލާމާތްތަކެއް ހުރުމުން އެެރަށު ފްލޫ ކްލިނިކަށް ދެއްކި މީހެކެވެ. މި މީހާ އަކީ ދުބާއީ ކްލާސްޓާ އާއި އެއްވެސް ގުޅުމެއް ނެތް މީހެއްކަން އެގިފައިވާއިރު މީ އޭވިއޭޝަން ކަލްސާޓާ އާއި ގުޅުމެއް ހުރި މީހެއްކަން ވެސް އަދި އެގިފައެއް ނުވެއެވެ،

މި މީހާ އައްޑޫ ސިޓީ އިން ފުވައްމުލައް ސިޓީ އަށް ދަތުރުކުރި ވަކި ތާރީހެއްވެސް އަދި އެގިފައިނުވާއިރު، މިދަޔަ ހަފްތާގައި އައްޑޫ އިން ގިނަ ބަޔަކު ޕޮޒިޓިވްވެ އެ ސިޓީވަނީ މޮނީޓަރިންއަށް ލާފައެވެ.