English Edition
Dhivehi Edition
ކުރީގެ އީސީސީ އަދި މިހާރުގެ އޭއީއެޗްގެ މަތިން ނަގާފައިވާ މަންޒަރެއް - ފޮޓޯ: ޑްރޯންސްޓަގްރާމް

އައްޑޫ ސިޓީ ހިތަދޫގައި ދެ ސައިކަލް ޖެހި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ވިދާޅުވީ ހިތަދޫ ބޮޑުމަގުގައި ދުއްވާފައި ދިޔަ ދެ ސައިކަލް އޯވަޓޭކް ކުރަން އުޅުމުގެ ތެރޭގައި ޖެހިގެން އެކްސިޑެންޓްވި ކަމުގެ ރިޕޯޓު ލިބިފައި ވަނީ މިއަދު 11:30 ހާއިރު ކަމަށާއި މި އެކްސިޑެންޓުގައި ތިން މީހަކަށް އަނިޔާ ލިބުނު ކަމަށެވެ.

މި އެކްސިޑެންޓުގައި އެއް ސައިކަލްގައި އިން ބަންގްލަދޭޝް ފިރިހެނަކަށާއި އަނެއް ސައިކަލްގައި ތިބި ދިވެހި ފިރިހެނަކަށާއި ފަހަތުގައި އިން އަންހެނަކަށް އަނިޔާވެފައިވާއިރު ފުލުހުން އިތުރަށް ވިދާޅުވީ މި އެކްސިޑެންޓްގައި ހިމެނޭ ދެ ސައިކަލް ވެސް ދުއްވާފައި ވަނީ އެ ކެޓަގަރީގެ އުޅަނދު ދުއްވުމުގެ ލައިސަންސް ނޯންނަ ދެ މީހުން ކަމަށެވެ

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ