ރޭ ދަންވަރު އައްޑޫ ހިތަދޫ ލިންކް ރޯޑްގައި ބާރު ސްޕީޑްގައި, ދުއްވި ދެ ކާރެއް ކޮންޓްރޯލް ނުވެ، އެކަތި އަނެކައްޗާ އެކްސިޑެންޓުވެ އޭގެ ތެރެއިން އެއް ކާރު މޫދަށް ވެއްޓިއްޖެ އެވެެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓު ހިނގާފައި ވަނީ އެމަގުން ދެކޮޅަށް ދުއްވާފައި ދިޔަ ދެ ކާރު ޖެހިގެންނެވެ. މި ހާދިސާގައި ދެ ކާރަށްވެސް އެކިވަރުގެ ގެއްލުންތައްވެފައިވާ އިރު އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. މި ހާދިސާގައި އެއް ކާރު މޫދަށް ވެއްޓުނު އިރު އަނެއް ކާރު ކޮންޓްރޯލުން ނައްޓާލައިގެން ގޮސް ޖެހުނީ މަގުގެ އެއް ފަރާތުގައި ހުރި ލައިޓް ޕޯސްޓެއްގަ އެވެ.
މޫދަށް ވެއްޓުނު ކާރު މިހާރު ނަގައިފައިވާއިރު ޕޮލިހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުޤީގުކުރަމުންނެވެ.