English Edition
Dhivehi Edition
މަރަދޫގައި މީގެ ކުރިން ހިނގި އެކްސިޑެންޓެއް ؛ ފޮޓޯ ފޭސްބުކް

އައްޑޫސިޓީ ހިތަދޫގައި މިރޭ އެކްސިޑެންޓެއް ހިނގައި ޒުވާނަކު ނިޔާވެއްޖެއެވެ. މިއެކްސިޑެންޓްގައި ނިޔާވީ އައްޑޫސިޓީ ހިތަދޫގެ ޢުމުރުން 24 އަހަރުގެ ޒުވާނެކެވެ.

މަޢުލޫމާތު އެނގޭ ފަރާތަކުން އޭއޯނިއުސް އަށް ކިޔައިދިންގޮތުގައި އެކްސިޑެންޓް ހިނގާފައިވަނީ އެޒުވާނާ ދުއްވާފައިދިޔަ ސައިކަލް ކަހާލައިގެން ގޮސް ފާރަކަށް އަރާފައެވެ. ސައިކަލުގައި އިނީ އޭނާ އެކަންޏެވެ.

މިރޭ ދަންވަރު 1 ޖަހަންއުޅެނިކޮށް ހިނގި މިއެކްސިޑެންޓްގައި ޒުވާނާ އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ގެނައިއިރުވެސް މަރުވެފައިވާ ކަމަށް އެހޮސްޕިޓަލުން ވާހަކަ ދެއްކި އޮފިޝަލަކު ވަނީ ވިދާޅުވެފައެވެ.