English Edition
Dhivehi Edition
އައްޑޫސިޓީ ލިންކުރޯޑު: ފޮޓޯ އަޒީމް

އައްޑޫސިޓީގެ ލިންކު ރޯޑުގައި އެކްސިޑެންޓެއް ހިނގައި 2 މީހަކަށް އަނިޔާ ވެއްޖެއެވެ.

ޕޮލިސް ޓްރެއިން ސުކޫލާ ދިމާ ކުރިމަތީ ހިނގި މި އެކްސިޑެންޓް ހިނގާފައިވަނީ ސައިކަލަކާއި ބައިސްކަލެއްގެ އިތުރުން ކާރެއް ޖެހިގެން ކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.

މި އެކްސިޑެންޓްގައި އަނިޔާވެފައިވަނީ ސައިކަލް ދުއްވަން އިން މީހާއާ ބައިސްކަލް ދުއްވަން އިން މީހާއަށެވެ. އެ ދެ މީހުންނަށް މިހާރު އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ.

ފުލުހުން ބުނީ އެކްސިޑެންޓް ހިނގަން މެދުވެރިވީ ގަމުން ހިތަދޫ ކޮޅަށް ދުއްވާފައި ދިޔަ ސައިކަލް އަކާއި ބައިސްކަލެއް ޖެހުނު ވަގުތު ގަމުން ހިތަދޫއަށް ދުއްވާފައިދިޔަ ކާރެއް ޖެހިގެން ކަމަށެވެ.