English Edition
Dhivehi Edition

ފުވައްމުލަކު ސިޓީގެ އޮކާޒް ފިހާރަ އާއި ޕޯސްޓު އޮފީހަށް ދިޔަ މީހުން ހޯދަން އެރަށު ސިޓީ ކައުންސިލުން އިއުލާނުކޮށްފިއެވެ.

ފުވައްމުލަކު ސިޓީ އިން ނެގި ރެންޑަމް ސާންޕަލްގެ ތެރެއިން ދެ މީހަކު ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ފަށާފައިވާއިރު ސިޓީ ކައުންސިލުން ވަނީ ފާއިތުވެދިޔަ 14 ދުވަހުގެ ތެރޭގައި ދަޑިމަގު އޮކާޒް ފިހާރަ އަދި ފުވައްމުލަކު ޕޯސްޓް އޮފީހަށް ޒިޔާރަތް ކޮށްފައިވާ ފަރާތްތައް ފުވައްމުލަކު ހޮސްޕިޓަލުގެ ނަންބަރު 9988232 އަށް ގުޅާ މައުލޫމާތު ހިއްސާ ކުރުމަށް އެދިފައެވެ.

Advt

Advertisement

ފުވައްމުލައް ސިޓީގައި މިމަހުގެ 7 ވަނަ ދުވަހު ނެގި ރެމްޑަމް ސާމްޕަލްގެ ތެރެއިން މިހާތަނަށް ނަތީޖާ ލިބުނު ފަރާތްތަކުގެ ތެރެއިން 2 މީހަކު ޕޮޒިޓިވް ވުމާއި ގުޅިގެން އެ ރަށަށް އަރައި ފޭބުންވަނީ މަނާކޮށްފައެވެ.

ފުވައްމުލަަކު ސިޓީން މޮނިޓަރިންގައި އޮތްއިރު، ދެކުނުން އައްޑޫ ސިޓީއާއި ގދ. ތިނަދޫ ވެސް އޮތީ މޮނީޓަރިންގެ ހާލަތުގައެވެ.