English Edition
Dhivehi Edition

އައްޑޫ ސިޓީ މޮނީޓަރިން ހާލަތަށް ގެނައުމާއި ގުޅިގެން އެޗްޕީއޭއިން ވަކި ގޮތެއް އަންގަންދެން އެސްޓީއެލްގެ ބަސް އަދި ފެރީ ދަތުރުތައް މެދުކަނޑާލައިފިއެވެ.

އެ މުވައްސަސާއިން ބުނީ 6 ފެބްރުވަރީ 2021 ވަނަ ދުވަހުން ފެށިގެން އައްޑޫ ސިޓީ މޮނިޓަރިންއަށް ލާފައިވާތީވެ އެޗް.ޕީ.އޭ އިން ވަކިގޮތެއް އަންގަވަންދެން އެސް.ޓީ.އެލް އިން ދެމުން އަންނަ ފެރީ އަދި ބަސް ދަތުރުތައް ވަގުތީގޮތުން މެދުކަނޑާލެވިފައިވާ ކަމަށެވެ. އަދި ކުރިއަށް ދަތުރުކުރުމަށް ޓިކެޓް ނަގާފައިވާނަމަ ދަތުރުތައް އަލުން ފެށުމުން ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށްވެސް އެސްޓީއެލް އިން ވަނީ ބުނެފައެވެ.

އައްޑޫ ސިޓީ މޮނީޓަރިންގެ ހާލަތަށް މިއަދު ލާފައިވަނީ އެ ސިޓީގެ ހުޅުދޫމީދޫ އިން ކޮވިޑް19 އަށް 24 މީހަކު ޕޮޒިޓިވްވުމުގެ އިތުރުން އެ ސިޓީގެ ހިތަދޫ އިން 2 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ،