English Edition
Dhivehi Edition
އެމްޓީސީސީ ފެރީގެ ހިދުމަތަކީ ކޮންމެ ދުވަހަކުވެސް ގިނަ ބަޔަކު ހޯދަމުންދާ ހިދުމަތެއް ފޮޓޯ: އީމާން

އެމްޓީސީސީގެ ފެރީ ހިދުމަތް ހޯދާ ފަރާތްތަކަށް ވެބްސައިޓް (https://stl.mtcc.mv/) މެދުވެރިކޮށް އޮންލައިންކޮށް ޓިކެޓް ވިއްކުމުގެ ހިދުމަތް އަލުން ފަށާފައިވާކަމަށް ސަދަން ޓްރާންސްޕޯޓް ލިންކުން ބުނެފިއެވެ.

އައްޑޫ ސިޓީގެ ކޮވިޑްގެ ހަލާތު ގޯސްވެ، އެ ސިޓީ މޮނިޓަރިންއަށްލުމާއި ގުޅިގެން އެސް.ޓީ.އެލް އިން ވަނީ އޮންލައިންކޮށް ޓިކެޓް ނެގުމުގެ ހިދުމަތް ވަގުތީ ގޮތުން ހުއްޓާލާފައެވެ. އަދި އޭރ ދަތުރުކުރާ ފަރާތްތަކުން އެސްއެސްޑީ ތަކުން ހާއްސަ ހުއްދައެއް ހޯދައިގެން ޓިކެޓް ވިއްކާ ގޮތަށް އުސޫލުވަނީ ބަދަލުކޮށްފައެވެ.

މި މަހުގެ 26 ވަނަ ދުވަހު ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ޕީސީއާރް ނަހަދާ އައްޑޫ ސިޓީއަށް ދަތުރުކުރެވޭނެ ކަަމަށް ބުނެފައެވެ. ވެކްސިން ޖަހަންޖެހޭ އާބާދީގެ 90 ޕަސެންޓު މީހުން ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކޮށްފައިވާއިރު އެސް.ޓީ.އެލް އިންވެސް ވަނީ ދަތުރުކުރުމުގައި ލުއިތަކެއް ދީފައެވެ، މި ގޮތުން އައްޑޫ ސިޓީގެ ރަށްތަކުގައި ދަތުރުކުރާއިރު އެއްވެސް ލިޔުމެއް ހުށަހަޅާކަށް ނުޖެހެއެވެ. އަދި މިހާރު ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް ޓިކެޓް ވިއްކުމުގެ ހިދުމަތް އަލުން ފަށާފައިވާއިރު މިއީ ރައްޔިތުންނަށް ލިބިގެން ދިޔަ ބޮޑު ލުއި ފަސޭހައެއްކަން ގިނަ ބަޔަކު ވަނީ ފާހަގަކޮށްފައެވެ.

އައްޑޫ ސިޓީގެ ކަނޑުދަތުރުފަތުރުގެ އިތުރުން ވައިގެ ދަތުރުކުރާ ފަރާތްތަކަށްވެސް ވަނީ ލުއިތަކެއްދީފައެވެ.މި ގޮތުން ދަތުރުކުރުމަށް ޕީސީއާރް ހަދަން ނުޖެހޭއިރު ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތްތަކުން އައްޑޫ ސިޓީއަށް ދަތުރުކުރުމަށް އެއްވެސް ހުއްދައެއް ނަގާކަށް ނުޖެހެއެވެ،