English Edition
Dhivehi Edition

ވީ ކޯލިޝަން ހުރިހާ ޕާޓީއެއްގެ ލީޑަރުންގެ ހައްގުގައި ބިރެއްނެތި ވަކާލާތު ކުރެއްވި ކަމަށާއި މިއަދު އޭނާ މަގުމަތިކޮށް، ބާކީކޮށްފައި ހުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހިމެނިވަޑައިގަންނަވާނެ ހެން، ކޯލިޝަން ލީޑަރުން ލަދުގަންނަންޖެހޭނެ ކަމެއް ކަމުގައި ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވެއްޖެ އެވެ.

އަދާލަތު ޕާޓީގެ ސްލޮޓެއްގައި ޖެންޑާ މިނިސްޓަރުކަމަށް ވަޑައިގެންނެވި ޝިދާތާ މިދިޔަ އަހަރު ފެބްރުއަރީ 6 ވަނަ ދުވަހު އިސްތިއުފާ ދެއްވީ ކުޑަކުދިންނަށް ޖިންސީ އަނިޔާ ކުރުމުގެ ތުހުމަތުތަކެއް ކުރެވޭ ދަރުމަވެރިޔާ އަހުމަދު ހިޝާންއަށް، “އޮނަރަރީ ޑިސެބިލިޓީ އެމްބެސެޑަރުކަން” މި ސަރުކާރުގައި ދިންއިރު އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތައް ޖެންޑާ މިނިސްޓްރީއަށް އެނގި ހުރެ އެކަން ސިއްރުކޮށްފައިވާ ކަމަށް ކުރެވުނު ތުހުމަތުތަކާއި ގުޅިގެންނެވެ. ހިޝާންގެ މައްސަލައިގެ އިތުރުން ގއ. ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރުވެސް ނުވާ ކުއްޖަކަށް، އޭނާގެ ކާފަ އާއި މުނިކާފަ ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުވާ މައްސަލައިގައި ޖެންޑާއިން އެކަށީގެންވާ ފިޔަވަޅު އަޅާފައި ނުވާ ކަމަށް ބުނެވެސް ޝިދާތާ އާއި ދެކޮޅަށްވަނީ މުޒާހަރާކޮށް ސޯޝަލް މީޑިއާ ކެމްޕޭނެއްވެސް ކުރިއަށް ގެންގޮސްފައެވެ.

ޖެންޑާ މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވުމަށްފަހު ސިޔާސީ ކަންކަމާއި ދުރުގައި ހުންނެވި ޝިދާތާ އެ ދުވަހުގެ ހަނދާންތައް އާކުރަމުން މިއަދު ވިދާޅުވީ އަނިޔާވެރި ވެރިކަމެއް ނިމުމަކަށް ގެނެސް އިންސާފު ގާއިމުކުރުމުގެ މަގްސަދުގައި އަމިއްލައަށް މަސައްކަތްކޮށް ގެނައި ސަރުކާރުން އެންމެ ބޮޑު ބޭއިންސާފަކާއި ހިތްދަތިކަމެއް ދީފައި ވަނީ އޭނާއަށްކަމަށެވެ. ސިޔާސީ ހަލަބޮލިކަމުގެ ތެރެއިން، މި ސަރުކާރު ގެންނަން އެންމެ ބުރަކޮށް މަސައްކަތް ކުރި އެކަކަށް އޭނާ ވާނެކަން ފާހަގަކުރައްވަމުން ޝިދާތާ ވިދާޅުވީ ކޯލިޝަން ހުރިހާ ޕާޓީއެއްގެ ލީޑަރުންގެ ހައްގުގައި ބިރެއްނެތި ވަކާލާތު ކުރެއްވި ކަމަށާއި މިއަދު އޭނާ މަގުމަތިކޮށް، ބާކީކޮށްފައި ހުރުމަކީ ކޯލިޝަނުގެ ލީޑަރުން ލަދުގަންނަންޖެހޭ ކަމެއްކަމަށެވެ،

1 ކޮމެންޓް
ސިކުނޑި
ފެބުރުއަރީ 7, 2021
މާސިޔާސީ ނުވެއަލަތު ފިރިގޮއްޔަށް ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަޢާއިލާއެއް ބިނާކުރޭ