English Edition
Dhivehi Edition

ބޮލީވުޑްގެ މަޝްހޫރު ތަރި އާލިއާ ބަޓް އާއި ރަންބީރު ކަޕޫރް އަށް ދަރިއަކު ލިބެން އުޅޭކަން އިއުލާންކޮށްފިއެވެ.

މިއަހަރުގެ އޭޕްރީލް މަހުގެ 14 ވަނަ ދުވަހު ކައިވެނި ކުރި މި ދެތަރިން، އަލަތު ދަރިފުޅަށް މަރުހަބާ ކިޔަން ތައްޔާރުވަމުން އަންނައިރު، އާލިއާ ވަނީ ބަނޑުބޮޑު ވާހަކަ އިންސްޓަގްރާމް މެދުވެރިކޮށް ސަޕޯޓަރުންނާއި ހިއްސާކޮށްފައެވެ.

އިންސްޓަގްރާމުގައި އާލިއާ އާންމުކުރި ފޮޓޯގައި ފެންނަނީ ހޮސްޕިޓަލުގެ އެނދުގައި ހެވިފައި އޮވެ ސްކޭން މެޝިނަށް ބަލަހައްޓައިގެން އޮންނަ މަންޒަރެވެ. އަދި އޭނާ ކައިރީގައި ފިރިމީހާ ރަންބީރް އިށީދެގެން އިން އިރު ސްކޭން މެޝިނުން ފެންނަ ފޮޓޯގައި ވަނީ ‘ހާޓް އެމޯޖީ’އެއް ޖަހާފައެވެ. އެ ފޮޓޯއާ އެކު އާލިއާ ވަނީ “އަވަ ބޭބީ.. ކަމިން ސޫން…” މިހެންޖަހާފައެވެ.

މިއަދު ހެނދުނު އާލިއާ ހިއްސާކުރި މި އުފާވެރި ހަބަރާއެކު ގިނަ ބަޔަކު އަންނަނީ އެ ދެ ތަރިންނަށް މަރުހަބާ ކިޔަމުންނެވެ.