English Edition
Dhivehi Edition

ބޮލީވުޑްގެ މަޝްހޫރު ތަރި، ރަންބީރް ކަޕޫރާއި އާލިއާ ބަޓް ކައިވެނިކޮށްފި އެވެ.

މި މަހުގެ 14 ވަނަ ދުވަހު ބޭއްވި މި ކައިވެނީގެ ހަފްލާ ބާއްވާފައިވަނީ މުމްބާއީގެ ޕަލީ ހިލްސްގައި ހުންނަ ރަންބީރުގެ ވާސްތޫ އެޕާޓްމަންޓްގަ އެވެ. އާއިލާ އާއި ވަރަށް ގާތް އެކުވެރިންނަށް ބޭއްވި މި ކައިވެނީގެ ހަފްލާގެ ސެކިއުރިޓީ ވަރަށް ވަރުގަދަކޮށްފައިވާއިރު، ކައިވެނީގެ ފޮޓޯ ނެގުން ވެސް މަނާކޮށްފައެވެ. އެހެންކަމުން އަދި މިހާތަނަށް މި ދެ ތަރިންގެ ކައިވެނީގެ އެއްވެސް ފޮޓޯއެއް ސޯޝަލް މީޑީއާގައި އާންމުވެފައެއް ނުވެއެވެ.

ގިނަ ދުވަސްތަކެއް ވަންދެން ރައްޓެހިވެގެން އުޅުމަށްފަހު، އިއްޔެ ކައިވެނިކުރި އާލިއާ އާއި ރަންބީރުގެ ކައިވެނި ހަފްލާގައި ބައިވެރި މަދު ފަންނާނުންގެ ތެރޭގައި އާލިއާ ބޮލީވުޑަށް ނެރެދިން ކަރަން ޖޯހަރާއި ސަންޖޭ ލީލާ ބަންސާލީ ގެ އިތުރުން ވަރުން ދާވަން އާއި އަޔާން މުކަރްޖީ އާއި ޒޯޔާ އަކްތަރާއި މަސަބާ ގުޕްތާ އާއި ލަވް ރަންޖަން އަދި މަނީޝް މަލްހޯތުރާ ހިމެނެ އެވެ.

ބޭރުގެ މީޑީއާ ރިޕޯޓްތައް ބުނާ ގޮތުން، މި ކައިވެނީގެ ހަފްލާއަށް ދެ ތަރިންގެ، އެއްވެސް ކުރީގެ ލޯބިވެރިއަކަށް ދައުވަތު ދީފައެއް ނުވެއެވެ.