English Edition
Dhivehi Edition

ކޮވިޑް-19 ޖެހިގެން ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ ދިވެއްސަކު ނިޔާވެއްޖެ އެވެ.

އެޗްޕީއޭގެ އޮފިޝަލަކު ވިދާޅުވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އުމުރުން 88 އަހަރުގެ ދިވެހި ފިރިހެނަކު މިރޭ 7:33 ހާއިރު ނިޔާވެފައިވާ ކަމަށެވެ. މިއީ މި ބަލީގައި ރާއްޖެއިން ނިޔާވި 52 ވަނަ މީހާ އެވެ.

ރާއްޖޭގައި ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު 15,614 އަށް އަރާފައިވާއިރު މާލޭގައި މި ބަލި ދަނީ ހަލުވިކަމާއެކު ފެތުރެމުންނެވެ.