English Edition
Dhivehi Edition

މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިޚް އަލީ ޒައިދު ފޮޓޯ އާކާއެކު ޤިބުލަ ކޮބާއިތޯ؟ ވިދާޅުވެ ކޮށްފައިވާ ޓުވިޓަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ހުއްޓިފައެވެ.

މާލޭގެ މިސްކިތްތަކުގެ ބޭރުގައި ނުބައިކޮށް ސަފު ހަދާ މައްސަލަ ގިނަ ބައެއްގެ ސަމާލުކަމަށް ގެނެސް ޝެއިހް އަލީ ޒައިދު ވަނީ އެފަދަ މަންޒަރުތައް ދައްކައިދޭ ބައެއް ފޮޓޯތައް މީޑިއާގައި ހިއްސާކޮށް ކަންބޮޑުވުންފާޅު ކުރައްވާފައެވެ. މި ގޮތުން ރޭގެ ވަގުތެއްގައި ޝެއިހް ޒައިދު ހިއްސާކުރެއްވި އެއް ފޮޓޯއަކީ ޖަލާލުއްދީން މިސްކިތް ކައިރީގައި ބަޔަކު ނަމާދަށް ތިބި މަންޒަރު ދައްކުވައިދޭ ފޮޓޯއެކެވެ. އެ މަންޒަރު ހިއްސާކުރައްވަމުން ޝެއިހް ޒައިދު ވިދާޅުވީ އީމާމަށްވުރެ ކުރީގައި ސަފުތައް ނެހެދޭނެކަމަށެވެ. މިސްކިތް ހުރީ ސަފުތަކުގެ ފަހަތުގައިކަން ފާހަގަކޮށް އެގޮތަށް ނަމާދުކުރުމުން ނަމާދު ބާތިލުވާނެކަމަށް ޝެއިހް ޒައިދު ވަނީ ވިދާޅުވެފައެވެ، އަދި މި ގޮތަށް ނަމާދުކުރި މީހުން އެ ނަމާދު ގަޟާކުރަންޖެހޭނެކަމަށްވެސް ޝެއިހް ޒައިދު ވިދާޅުވިއެވެ.

މީގެ އިތުރުން މިއަދު ޝެއިހް ޒައިދު ހިއްސާކުރެއްވީ ފަނޑިޔާރު މިސްކިތް ކައިރީގައި ބަޔަކު ނަމާދަށް ސަފު ހަދާފައި އޮތް މަންޒަރެވެ. އެ ފޮޓޯ އިން ފެންނަނީ ތިން ޖަމާއަތުގައި ތިން ގޮތަށް ބަޔަކު ނަމާދުކުރުމަށް ސަފު ހަދައިގެން ތިބި މަންޒަރެވެ. އެ މަންޒަރާއެކު ޝެއިހް ޒައިދު ވަނީ ޤިބްލަ ކޮބާތޯ ވިދާޅުވެ ސުވާލުކޮށް އަދި އެގޮތަށް އެކަން ކުރަން ހެޔޮ ނުވާނެ ކަމަށް ވިދާޅުވެފައެވެ

1 ކޮމެންޓް
އަޙްމަދު
ޖެނުއަރީ 30, 2021
އައްޑޫމީހުން ކިޔައިއުޅޭ މިކަހަލަ މީހުންނާ ދިމާލައް، 'ބޮލައް ބެރަ ވެއްޓިގަން ހިނގާ' މީހުންނޭ.