English Edition
Dhivehi Edition

އަހަރުމެންގެ ތެރެއިން ބައެއް މީހުން ފާފައާއި މެދު ދެކެނީ ވަރަށް ލުއި ގޮތަކަށް ކަމަށާއި ދުންޔަވީ މަންފާއަށްޓަކައި ފާފައެއް ކުރުމަށް ޖެހިލުން ނުވާ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

“ފާފައިގެ އަޘަރު” މި މައުޟޫގައިވާ ޚުތުބާގައި ބުނީ ބޮޑެތި ފާފަތަކަށް ވެސް އަރައިގަންނަނީ ކަމަށާއި ބަނގުރާ ބުއިމާއި މަސްތުވާތަކެތި ބޭނުން ކުރަނީ ވެސް އެއްވެސް ޖެހިލުމެއް ނެތި ކަމަށެވެ. އަދި ޒިނޭ ކުރުމާއި ވައްކަން ކުރުމާއި ރިބާ ކެއުމާއި ޖުވާ ކުޅެނީ ވެސް ބިރެއް ނެތި ކަމަށެވެ.

މީގެ އިތުރުން މީހުން މެރުމާއި ސިހުރު ހެދުމާއި ޣީބަ ބުނުމާއި ނެތި މޮށުމާއި ފުރައްސާރަ ކުރުމާއި މަލާމާތް ކުރުން ވެސް އިންތިހާއަށް ގޮސްފައިވާ ކަމަށާއި ޢިއްފަތް ފޭރުން ފަދަ ކަންކަމަށް މީހުން އަރައިގަންނަނީ އެއްވެސް ބިރެއް ނެތި ކަމަށް ވެސް ޚުތުބާގައި ވަނީ ބުނެފައެވެ. އަދި މުޖުތަމައުގެ އާންމު މިންގަނޑާއި ޚިލާފުވިޔަސް ހެދުން އަޅަނީ ބޭނުން ގޮތަކަށް ކަމަށް ވެސް ބުނެފައި ވެއެވެ.

ޚުތުބާގައި ބުނީ ފާފަކުރުމަށްފަހު، އެކަމަށް ފަޚުރުވެރިވެ، އެވާހަކަ ދައްކާ މީހުން ވެސް މަދު ނޫން ކަމަށާއި އެއީ ނުބައިކަން ބޮޑުވެގެންވާ އަމަލެއް ކަމަށެވެ.

ފާފައިގެ ސަބަބުން މުޅި މުޖުތަމައު ނުރައްކަލަކަށް ހުށަހެޅޭ ކަމަށާއި ދިރިއުޅުމުގެ ހަޔާތް ނާމާންވެ، ބިންމަތި ފަސާދަވާ ކަމަށް ވެސް ޚުތުބާގައި ބުނެފައި ވެއެވެ. އަދި މުޖުތަމައުގައި ބިރުވެރިކަން އުފެދޭ ކަމަށް ވެސް ބުނެފައި ވެއެވެ.

ޚުތުބާގައި ބުނީ ފާފައަކީ އޭގެ ސަބަބުން މާތްﷲ ގެ ކޯފާއާއި އަޒާބަށް ހުށަހެޅޭ ކަމެއް ކަމަށާއި އަމަން އަމާންކަން ގެއްލި، ބިރުވެރިކަމާއި ނާމާންކަން ފެތުރޭ ކަމަށެވެ.

1 ކޮމެންޓް
ސީގަލް އޮން އެއަރ
މެއި 14, 2023
ހުކުރު ޙުތުބާ އަޑުއަހަން އިންއިރު ހިތައްއެރިއެއްޗެއް ދަންނަވާލާނަން. ޙުތުބާގައި ފާފަތަކުގެ ލިސްޓު ވިދާޅުވިއިރު ރާއްޖޭގައި މިހާރު އެންމެ އާންމު ވަފައިވާ "ހަރާމް ގޮތުގައި ފައިސާހޯދުން" އަދި ރައްޔިތުންތެ ހައްޤު އޭގައިވާ، ރައްޔިތުންގެ ބޭތިލްމާލުން "ހިތުހުރިގޮތަކަށް ފައިސާ ބޭނުންކުރަމުން" ގެންދިޔުމީ ރައްޔިތުންގެ ޙައްޤު އަކަށް އަރައިގަތުން ނޫންތޯ. އަދި ރައްޔިތުންގެ ހައްޤު އޭގައިބާ ރައްޔިތުންގެ ބޭތިލްމާލުން އެކިއެކި ޕްރޮޖެކްޓް ތަކުން ތިމާއަށް ބައިއެޅޭގޮތަށް ކަންކުރުމީ މާބިރުވެރި ކަމެއްނޫންތޯ؟ މިހެން މިދެންނެވީ ފާފައަކީ ތިމާ އިޙްލާސްތެރި ކަމާއިއެކު ދުއާކޮށް އެކަމަކުން ތައުބާވެއްޖެނަމަ އެފާފައެއް މާތްﷲ ސވ ފުއްސަވާ ދެއްވާނެ ކަން އަންގަވާފައިވާކަމެކެވެ. ނަމަވެސް ބައެއްގެ ޙައްޤް އަކަށް އަރައިގެންފައިވާ ކަމުގައިވަނީނަމަ އެހައްޤް އެއް އާހިރަތްދުވަހުން، އެމީހެއް ކޮށްފައިވާ އަމަލްތަކުން އޭގެބަދަލު ނަންގަވާނެކަމެކެވެ. ވީމާ އެންމެ ބިރުބޮޑި "ބައެއްގެ ޙައްޤު" ތަކަށް އަރައިތަގުންނޫންތޯ؟