English Edition
Dhivehi Edition

ރަމަޟާން މަހުގެ ނިދާއަށް އިޖާބަދީ، ޣާފިލްކަމުގެ ނިދިން ހޭލުމަށް މިއަދުގެ ހުކުރު ޚުތުބާގައި ނަސޭހަތްތެރި ވެއްޖެ އެވެ.

“މިއީ ޙަޔާތުގެ އެންމެ ފަހު ރަމަޟާންމަހަށް ވެދާނެއެވެ.” މި މައުޟޫއަށް ޚާއްސަކޮށްފައިވާ ޚުތުބާގައި ހެޔޮކަމުގެ މޫސުމާއި ކުރިމަތިލުމަށް ވެެސް ވަނީ ގޮވާލާފަ އެވެ.

މީގެ އިތުރުން ފަރުޟު ފަސްނަމާދަށް ރައްކާތެރިވެ، މައިންބަފައިންނަށް ހެޔޮކޮށް ހިތާ، އަނބި ދަރީންގެ ޙައްގުތައް އަދާކޮށް، ރަމަޟާންމަހުގެ ތަރުބަވީ މަދުރަސާއިން ފިލާވަޅު ލިބިގަތުމަށް ވެސް ވަނީ ނަސޭހަތްތެރިވެފަ އެވެ.

ޚުތުބާގައި ބުނީި މިދުނިޔޭގައި ޣާފިލްވެފައި ތިއްބާ، އިންޒާރެއްނެތި ކުއްލިއަކަށް މަރާއި ކުރިމަތިލާން ޖެހި، ހެޔޮކަމުގެ ފުރުސަތު ގެއްލިދާނެ ކަމަށާއި، އެއަށްފަހު ދެން ކިތަންމެ ބޭނުންވިޔަސް ހެޔޮ ޢަމަލު ކުރާނެ ފުރުސަތު ނުލިބޭނެ ކަމަށެވެ. އެހެންކަމުން ސަލަފުއް ޞާލިހުންގެ ޙަޔާތްޕުޅުން ޢިބުރަތް ލިބިގަނެ ހެޔޮކަމުގައި ހީވާގިވުމަށް ގޮވާލައްވާފައި ވެއެވެ.