English Edition
Dhivehi Edition

އިންސާނިއްޔަތު ދުށް ފުރަތަމަ ޖަމާޢަތަކީ ޢާއިލާ ކަމުގައި ހުކުުރު ހުތުބާގައި ބުނެފިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރު އަލްޢުސްތާޛާ ޙައްވާ ލަތީފް ލިޔުއްވައި ރާއްޖޭގެ މިސްކިތްތަކުގައި އިއްވި ހުކުރު ހުޠުބާގައި ވަނީ އާއިލީ ގުޅުން ދެމެހެއްޓުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

އެ ހުތުބާގައި ހަރުދަނާ މުޖުތަމަޢެއްގެ އަސާސަކީ ޢާއިލާތައްކަމަށާއި އެހެންކަމުން ޢާއިލާއަކީ މުޖުތަމަޢުގެ ބިންގާކަމަށް ވަނީ ބުނެފައެވެ. އަދި އެ ބިންގާ ވަރުގަދަކޮށްގެން ނޫނީ މުޖުތަމަޢު ބާރުވެރިއެއް ނުކުރެވޭނެ ކަމަށް ވެސް ބުންޏެވެ.

މީގެ އިތުރުން އިސްލާމީ އުންމަތް މި ވަނީ ބާރުވެރި، ޣީރަތްތެރި މުޖުތަމަޢަކަށް ނުހަނު ބޭނުންވެފައިކަމަށް ވެސް ބުންޏެވެ. އަދި ޢާއިލާގެ ފަރާތުން ރައްކާތެރިކަމާއި، އަޅައިލުމާއި، ލޯބި ނުލިބުމުގެ ސަބަބުން ޢާއިލީ ވެށްޓެއްގައި ދިރިއުޅުމުގެ ނަސީބުން މަޙުރޫމްވެފައިވާ އެތައް ކުޑަކުދީންނާއި، ދޮށީ ޢުމުރުގެ މީހުން މި ދިވެހި ފަސްގަނޑުގައި ސަރުކާރުގެބެލުމުގެ ދަށުން ހިންގަމުންދާ މަރުކަޒުތަކުގައި އެބަތިބިކަމަށް ވެސް ބުންޏެވެ.

އެގޮތުން މިއީ ދީނީގޮތުންނާއި އިޖްތިމާޢީގޮތުން ބަލާއިރު، ކަންބޮޑުވާން ޖެހޭ ކަމެއްކަމަށާއި ޢާއިލީ ވެށްޓެއްގައި އުފާވެރިކަމާއެކު ދިރިއުޅުމަކީ ކޮންމެ ފަރުދަކަށް ވެސް ލިބިގެންވާ ޙައްޤެއްކަން ހުކުރު ޚުތުބާގައި ވަނީ ބުނެފައެވެ. އަދި ޢާއިލާގެ މެންބަރަކަށް ލިބެންޖެހޭ ހައްޤަކުން މަޙްރޫމުކުރުމަކީ އިންސާނީ ކުރިމަގަށް ނޭދެވޭ އެތައް އަސަރުތަކެއް ކުރާނެ ކަމެއްކަމަށް ވެސް ބުނެފައި ވެއެވެ.

ހުކުރު ހުތުބާގައި ބުނީ މި ކަންކަމާމެދު ފުންކޮށް ވިސްނައި، ޢާއިލީ ގުޅުން ވަރުގަދަކުރުމަށްޓަކައި ޢާއިލާގެ މެންބަރުންނަށް ޢާއިލީ ވެށްޓެއްގައި ދިރިއުޅުމުގެ ޙައްޤު ހޯދައިދިނުމަށް ޢާއިލާގެ ކޮންމެ ފަރުދަކުވެސް މަސައްކަތް ކުރަން ޖެހޭކަމަށެވެ.