English Edition
Dhivehi Edition
އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރމުޙައްމަދު ޝަހީމް ޢަލީ ސަޢީދު/ފޮޓޯ އިސްލާމިކް މިނިސްޓްރީ

ރާއްޖޭގައި އަލަށް އިމާރަތްކުރާ މިސްކިތްތަކުގައި ސޯލާ ޕެނަލް ހަރުކުރުމަކީ އެ މަޝްރޫއުގެ ބައެއްގެ ގޮތުގައި ކަނޑައެޅުމަށް އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ނިންމަވައިފިއެވެ.

މިނިސްޓަރު ޝަހީމު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަލަށް އިމާރާތް ކުރާ މިސްކިތްތަކުގެ އަސާސީ ކަމެއްގެ ގޮތުގައި މަޝްރޫއުގެ ތެރެއިން، މިސްކިތް ނިމޭ އިރު ސޯލާ ޕެނަލް ހަރުކުރުމަކީ މަޝްރޫއުގެ ބައެއްގެ ގޮތުގައި މިއަހަރުން ފެށިގެން ކުރިއަށްދާނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން މިސްކިތްތައް އޭސީކުރަން ބޮޑު ލުޔެއް ލިބިގެން ދާނެކަމަށް ޝަހީމު ވިދާޅުވިއެވެ.

މި ސަރުކާރުން މިސްކިތްތައް މަރާމާތުކޮށް ރީތިކުރުމާ އަދި އެހެނިހެން ކަންކަން ކުރުމަށްޓަކައި 15 މިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން ވެރިކަމާ ހަވާލުވުމަށްފަހު، ސަރުކާރުން ދީނީ ކަންތައްތައް ކުރިއަރުވާ އާލާކޮށް، ދީނީ ކަންކަމަށް ހާއްސަ ސަމާލުކަމެއް އަންނަނީ ދެމުންނެވެ.