English Edition
Dhivehi Edition

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ރައީސް އަދި އިދިކޮޅޮ ޕީޕީއެމް-ޕީއެންސީ ކޯލިޝަނުގެ ވަގުތީ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީޢަތް މާދަމާ އަށް ތައާވަލްކޮށްފިއެވެ،

މާދަމާ ހެނދުނު 9.00 އަށް ތާވަލުކޮށްފައިވާ ޝަރީޢަތަކީ،2019 ވަނަ އަހަރު ރައީސް ޢަބްދުﷲ ޔާމީނުގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވި 5 އަހަރު ދުވަހުގެ ޖަލު ހުކުމް، އިއްވި ދުވަހު ކޯޓު ބޭރުގައި ހުންނަވައި މައްސަލަ ބެއްލެވި ޤާޟީންނާ މުޚާޠަބުކުރައްވައި ދެއްކެވި ވާހަކަތަކާއި ގުޅިގެން އުފުލި ދައުވާއެކެވެ.އަބްދުއްރަހީމްގެ މައްޗަށް ދައުވާ އުފުލާފައިވަނީ، ޤާނޫނުލްއުޤޫބާތުގެ 615 ވަނަ މާއްދާގެ ދަށުން ހަޑިހުތުރު އެއްޗެހި ކިއުމާއި ހަޑިހުތުރު ބަސް ބޭނުން ކުރުމުގެ ދައުވާއެވެ.

ކްރިމިނަލް ކޯޓުގެ ސަރަޙައްދު ކައިރީގައި ހުންނަވައިގެން ޤާޟީންނާ މުޚާޠަބުކުރައްވައި ބޭއަދަބީ ބަސްތައް ބޭނުންކުރި މައްސަލައިގައި އަބްދުއްރަހީމްގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ދައުވާކުރަން، ކްރިމިނަލް ކޯޓަށް ފޮނުވާފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހުއެވެ.