English Edition
Dhivehi Edition
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް

ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަޙީމް އަބްދުﷲ އިންތިހާބުކޮށްފިއެވެ.

މަޖިލީހުގެ ރައީސާއި ނައިބު ރައީސް އިންތިހާބުކުރަން މިއަދު 10:15 ގައި ބޭއްވި މަޖިލީހުގެ ޖަލްސާގައި އެ މަގާމަށް މެޖޯރިޓީ ޕާޓީ ޕީއެންސީން ވަނީ އަބްދުއްރަހީމްގެ ނަން ހުށަހަޅެއްވީ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމެވެ. އިދިކޮޅު އެމްޑީޕީން މަޖިލީހުގެ ރައީސްކަމަށް ހުށަހެޅީ އެ ޕާޓީގެ ޕީޖީ ލީޑަރު އިބްރާހިމް ނާޒިލްގެ ނަމެވެ.

މިއަދު މަޖިލީހުގެ ރައީސް ހޮވަން ނެގި ސިއްރު ވޯޓުގައި 71 މެންބަރުންގެ އައުލަބިއްޔަތުން އެ މަގާމަށް އަބްދުއްރަހީމް އިންތިހާބުވި އިރު އެމްޑީޕީން ހުށަހެޅި ނާޒިލަށް ލިބިވަޑައިގަތީ 14 ވޯޓެވެ. އަދި 7 ވޯޓު ވަނީ ބާތިލުވެފައެވެ.

އާ މަޖިލީހުގެ ރައީސަކަށް އިންތިޚާބުވެވަޑައިގެން އަބްދުއްރަހީމް ވަނީ 17 ވަނަ މަޖިލީހާއި 18 ވަނަ މަޖިލީހުގެ މެންބަރުކަން ވެސް ކުރައްވައިފައެވެ.