English Edition
Dhivehi Edition
ރައީސް އިބްރާހީމް މުހައްމަދު ސޯލިހް:ފޮޓޯ: ރައީސް އޮފީސް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ވާޖިބު ފުރިހަމައަށް އަދާކުރުމަށް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގޮވާލައްވައިފިއެވެ.

މއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ސޯލިހް ވަނީ 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ހޮވިވަޑައިގެން މިއަދު މަޤާމުގެ ހުވާ ކުރެއްވި ހުރިހާ މެންބަރުންނަށް ތަހުނިޔާ އަރިސްކޮށްފައެވެ. އަދި މެންބަރުންނަށް ރައްޔިތުން ހަވާލުކުރެއްވި މުހިއްމު ވާޖިބް އެންމެ ފުރިހަމައަށް އަދާކުރައްވައި ޤާނޫނު އަސާސީ އާއި ޑިމޮކްރަސީގެ ރިވެތި އުސޫލްތަކުގެ މަތީގައި ދެމިތިއްބަވައި ޤައުމަށާއި ރައްޔިތުންގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާނެ ކަމުގައި އުއްމީދުކުރައްވާކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މިއަދު މަގާމުގެ ހުވާ ކުރައްވާފައި ވާއިރު މަޖިލީހުގެ ރައީސްގެ މަގާމަށް 71 މެންބަރުންގެ ވޯޓާއެކު ހޮވިވަޑައިގެންފައި ވަނީ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއް ރަހީމް އަބްދުﷲ (އަދުރޭ) އެވެ. އަދި މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް ހޮވިޑައިގެންފައި ވަނީ 80 ވޯޓުން ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމްއެވެ .