English Edition
Dhivehi Edition
އަބްދުއްރަހީމް އަބްދުﷲ ޕީއެންސީގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ./ ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ރައީސް ޔާމީނާއި ދެމެދު އުފެދުނީ ސިޔާސީ ގުޅުމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރޭ ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވަނީ ރައީސް ޔާމީން އާއި އަދި އެ މަނިކުފާނުގެ ސިޔާސީ ހަޔާތްޕުޅާ ގުޅޭ ގިނަ ވަހަކަތަކެއް ހިއްސާކުރައްވާފައެވެ.

އެގޮތުން އަބްދުއް ރަހީމް ވިދާޅުވީ ރައީސް ޔާމީން އާއި އޮތް ގުޅުން ހީނަރުވުމަށް ދިމާވި އެންމެ ބޮޑު ސަބަބަކީ 2023ގެ ރިޔާސީ އިންތިހާބު ބޮއިކޮޓު ކުރަން ގޮވާލެއްވުންކަމަށެވެ. ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމާއެކު ރައީސް ޔާމީން ކަންކަން ކުރެއްވި ގޮތުން ރައީސް ޔާމީނުގެ އޮންނެވީ ވަޠަނީ ލޯތްބެއް ނޫންކަން ހާމަވެގެން ދިޔަކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

މީގެ އިތުރުން އަބްދުއް ރަހީމް ވިދާޅުވީ ރައީސް ޔާމީނުގެ އޮތީ ނަފްސީ ލޯތްބެއްކަމަށާއި އެހާ ހިސާބުން ރައީސް ޔާމީނަށް އޮތް އިހުތިރާމާއި ގަދަރު ގެއްލުނީ ކަމަށެވެ. “މީގެކުރިން ރައީސް ޔާމީން އަބަދުވެސް ވިދާޅުވީ އެންމެ ފުރަތަމަ ގައުމު ކަމަށް އެހެންނަމަވެސް މިއަދު އިނގިގެންދިޔައީ އެންމެ ފުރަތަމައަށް އަންނަނީ ގައުމު ނޫން ކަން. “އަބްދުއްރަހީމް ވިދާޅުވިެއެވެ.

އިތުރަށް އަބްދުއްރަހީމް ވިދާޅުވީ 5 އަހަރު ދުވަހު މަގުމަތީގައި ކުރި މަސައްކަތުގެ އަގު ރައީސް ޔާމީނުގެ އަމިއްލަ އެޖެންޑާއަކަށް ޓަކައި ގެއްލުވާލައްވަފާނެ ކަމަށް ހީފުޅުނުކުރައްވާ ކަމަށެވެ.