English Edition
Dhivehi Edition

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެތެރެއިން ރަށްވެހިކަން ނުވަތަ އެޑްރެސް ބަދަލުކުރަން ބޭނުންވާ ފަރާތްތަކުން ފެބްރުއަރީ މަހުގެ 08 ވަނަ ދުވަހުގެ ކުރީން ރަށްވެހިކަން ބަދަލުކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިލްތިމާސްކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ އަންނަ މަހުގެ އަށް ވަނަ ދުވަހަށްފަހު ވޯޓުލާ މީހުންގެ ރެޖިސްޓްރޭޝަންއަށް އެއްވެސް ބަދަލެއް ނުގެނެވޭނެ ކަމަށާއި އެހެންކަމުން ރަށްވެހިކަން ބަދަލުވެފައިވާ އަދި އެޑްރެސް ބަދަލުކޮށްފައިވާ ފަރާތްތައް ވޯޓުލާ މީހުންގެ ރަޖިސްޓަރީއަށް ޝަކުވާ ހުށަހަޅާ މުއްދަތުގައި ޝަކުވާ ހުށަހަޅައިގެން އިސްލާޙްކުރުމަށް އެދިފައެވެ.

ކޮވިޑް19ގެ ސަބަބުން 2020 ވަނަ އަހަތު އެޕްރީލްމަހުގެ ހަވަނަ ދުވަހު ބާއްވަން އުޅުނު އިންތިހާބު ފަސްކޮށްފައިވާއިރު މިހާރު ކައުންސިލް އިންތިހާބު ބާއްވަން އިލެކްޝްންސް ކޮމިޝަނުން އިއުލާނުކޮށްފައިވާ ތާރީހަކީ އެޕްރީލް 10 ވަނަ ދުވަހެވެ.