English Edition
Dhivehi Edition
އިސްމާއީލް ހަބީބް

އެޗްއާރްސީއެމް ގެ މެންބަރު ކަމަށް އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ނައިބު ރައީސް، އިސްމާއިލް ހަބީބް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީން ފާސްކޮށްފިއެވެ.

އެޗްއާރުސީއެމްގެ މެންބަރުގެ މަގާމު ހުސްވީ، އެ ކޮމިޝަންގެ ކުރީގެ ނައިބު ރައީސް ޑރ. އަހްމަދު އަދުހަމް އަބްދުﷲ މިދިޔަ އޮކްޓޯބަރު މަހު އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.

މި މަހުގެ 15 ވަނަ ދުވަހު އެ މަގާމަށް މެންބަރަކު އައްޔަން ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވިއިރު، ރިޔާސަތުން ވަނީ އޭނާގެ ނަން ދިރާސާކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީ އަށް ފޮނުވާލައިފައެވެ. އަދި ކޮމިޓީން އިއްޔެ ވަނީ ހަބީބް އެ ކޮމިޓީ އަށް ހާޒިރުކޮށް ސުވާލު ކޮށްފައެވެ.

މިއަދު ބޭއްވި ހިއުމަން ރައިޓްސް ކޮމިޝަންގެ ބައްދަލުވުމުގައި ހަބީބު އެ މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރުމަށް ފެންނަ ކަމަށް ކޮމިޓީގައި ހާޒިރުވެ ތިއްބެވި މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ