English Edition
Dhivehi Edition
އީސީގެ ޕްރެސް ކޮންފަރެންސްއެއްގެ ތެރެއިން

އިންތިހާބުގެ ފަހުން ޕާޓީ ބަދަލުކުރިއަސް އަދި ޕާޓީއަކާ ގުޅުނަސް، އެ މެންބަރެއްގެ ދައުރު ނުފެށޭހާ ހިނދަކު މެންބަރުގެ ގޮނޑި ނުގެއްލޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

މިނިވަން ކެންޑިޑޭޓުންގެ ގޮތުގައި އިންތިހާބުވި ކެންޑިޑޭޓުން ވެރިކަން ކުރާ ޕީއެންސީ އާއި ގުޅިވަޑައިގަތުމާއި ގުޅިގެން އުފެދިފައިވާ ސުވާލުތަކާއި ގުޅިގެން އީސީ އިން ބުނީ 20 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި އެއްވެސް މެންބަރެއްގެ މައްޗަށް އެންޓިޑިފެކްޝަން ގާނޫނު ނުހިނގާނެ ކަމަށެވެ. އެ ގާނޫނު ހިނގާނީ މެންބަރަކު ހުވާކޮށް، ދައުރު ފަށާ ދުވަހުން ފެށިގެން ކަން ފާހަގަކޮށް އީސީ އިން ބުނީ ގާނޫނުގައި އޮންނަނީވެސް މެންބަރެއްގެ ދައުރުގެ ތެރޭގައި ޕާޓީ ބަދަލުކުރުމުގެ ވާހަކަ އާއި، މިނިވަން މެންބަރުން ސިޔާސީ ޕާޓިއާއި ގުޅުމުގެ ވާހަކަ ކަމަށެވެ.

އެންޓި-ޑިފެކްޝަން ގާނޫނަކީ، ދިވެހިރާއްޖޭގައި ހިންގަމުންދާ މަލްޓި-ޕާޓީ ސިސްޓަމްގެ ދަށުން، ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށާ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް ގާއިމުކޮށްފައިވާ ސިޓީ ކައުންސިލްތަކަށާއި، އަތޮޅު ކައުންސިލްތަކަށާއި، ރަށު ކައުންސިލްތަކަށާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް އިންތިހާބުވުމަށްފަހު، އެ އިންތިހާބުވި ދައުރުގެ ތެރޭގައި، އިންތިހާބުވި ޕާޓީގެ މެންބަރުކަމުން އެ މީހަކު ވަކިކޮށްފިނަމަ، ނުވަތަ އަމިއްލައަށް ވަކިވެއްޖެނަމަ، ނުވަތަ އެހެން ޕާޓީއެއްގެ މެންބަރަކަށް ވެއްޖެނަމަ، ނުވަތަ އަމިއްލަ ގޮތުން އިންތިހާބުވެފައިވާ މެންބަރަކު އެ މީހަކު އިންތިހާބުވި ދައުރުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެނަމަ އެފަދަ މެންބަރެއްގެ ގޮނޑިއާމެދު އަމަލުކުރާނޭ ގޮތް ކަނޑައެޅުމެވެ. އަދި އެފަދައިން ގޮނޑި ހުސްވާ ހާލަތްތަކުގައި ބައި-އިލެކްޝަން ބޭއްވުމާގުޅޭ އުސޫލުތަކާއި އިޖުރާއަތުތައް ބަޔާންކުރުމުގެ ގާނޫނެވެ.

1 ކޮމެންޓް
ހައްގާނީ
އޭޕްރީލް 25, 2024
އެންމެން އެކީ ޕެޓިޝަން ހަދައިގެން މަޖިލިސް މީހުން ދައުލަތުގެ ހަޒާނާ ލޫޓުވުން ހުއްޓުވާށެވެ.