English Edition
Dhivehi Edition
ފޮޓޯ: ސޯޝަލް މީޑިއާ

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ، އައްޑޫ ސިޓީ ހިތަދޫ ގޮނޑި ޕީޕީއެމް އިން ކާމިޔާބުކޮށްފިއެވެ.

މިއަދު ކުރިއަށް ދިޔަ އަންހެނުންގެ ކޮމިޓީގެ ބައި އިލެކްޝަން ކާމިޔާބުކޮށްފައިވަނީ ޕީޕީއެމް ކެންޑިޑޭޓް ފާތިމަތު ނަޒީހާ އަހުމަދުއެވެ. ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ކެންޑިޑޭޓް އާމިނަތު ޝާހިދާ އާއި ވާދަކޮށް ނަޒީހާ މި އިންތިހާބު ކާމިޔާބުކުރީ 141 ވޯޓުގެ ތަފާތުންނެވެ.

މިއިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 12142 މީހުން ތިބިއިރު ވޯޓުލާން ނިކުމެފައިވާ އަދަދު މަދެވެ، މި ގޮތުން މި އިންތިހާބުގައި 1007 މީހުން ވޯޓުލާފައިވާއިރު ނަޒީހާއަށް ލިބިފައިވަނީ 567 ވޯޓެވެ. އަދި ޝާހިދާ އަށް ލިބިފައިވަނީ 426 ވޯޓެވެ،

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ހިތަދޫ ދާއިރާގެ އެއް ގޮނޑި ހުސްވި އެ މަގާމުން އައިޝަތު ނަދާ އިސްތިއުފާ ދިނުމާއި ގުޅިގެންނެވެ.