English Edition
Dhivehi Edition

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ، މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)، އަށް 3،000 މެމްބަރުން ހަމަކޮށްފި އެވެ.

އިލެކްޝަން ކޮމިޝަނުން ވަނީ 3000 މެމްބަރުން ހަމަ ނުވާ ޕާޓީތައް އުވާލާނެ ކަން އިއުލާންކޮށް، ޕާޓީތަކަށް ނޯޓިސް ފޮނުވާފައެވެ. އީސީގެ މި ނިންމުމާއެކު ގިނަ ޕާޓީތަކުން މެމްބަރުން ހަމަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު އީސީ އިން ވަނީ. މިހާރު އެމްއާރުއެމްއަށް 3،000 މެމްބަރުން ހަމަވެފައިވާކަމަށް ބުނެފައެވެ.

އީސީ އިން ނޯޓީސް ދިން އިރު އެމްއާރުއެމްގައި ތިބީ 2،300 މެމްބަރުންނެވެ.

އެމްއާރްއެމް އިން ބުނީ އެ ޕާޓީއަށް ނޯޓިސް ދިނުމުގެ ކުރިންވެސް 3،000 މެންބަރުން ހަމަވާވަރަށް ފޯމުތައް އީސީއަށް ހުށަހަޅާފައިވާނެ ކަމަށާއި އެ ފޯމުތައް ޕްރޮސެސްކުރުން ވަރަށް ބޮޑަށް ލަސްވެފައިވާކަމަށެވެ.

އެމްއާރުއެމްގެ އިތުރުން ޑީއާރުޕީ އާއި އެމްޓީޑީ އިން ވެސް އަންނަނީ މުއްދަތު ހަމަވުމުގެ ކުރިން މެމްބަރުން ހަމަކުރުމަށް މަސައްކަތްކުރަމުންނެވެ.