English Edition
Dhivehi Edition

އައްޑޫ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އޮފީސް އިމާރާތް މަރާމާތުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފިއެވެ.

އައްޑޫ ސިޓީ ކައުންސިލްއިން ކުރި އިއުލާނުގައި ބުނީ މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅޭނީ، ދިވެހިރާއްޖޭގައި ކޮންޓްރެކްޓަރުންގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނި ތަކަށާއި ޤާނޫނީ ގޮތުން ވިޔަފާރިކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް ކަަމަށެވެ. 31 ޖަނަވަރީ 2021 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00ން ފެށިގެން 08 ފެބްރުވަރީ 2021 ވާ ހޯމަ ދުވަހުގެ މެންދުރު 14:00 ހަމައަށް ބިޑް ޑޮކިއުމެންޓް ވިއްކުމަށް ހަމަޖެހިފައިވާއިރު ބީލަމުގައި ބައިވެރިވުމަށް 300 ރުފިޔާގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނެކަމަށް ކައުންސިލުން ކުރި އިއުލާނުގައިވަނީ ބުނެފައެވެ.
މި މަސައްކަތާއި ގުޅޭ މައުލޫމާތު ޝީޓް އަދި ބިޑް ފޯމް 31 ޖަނަވަރީ 2021 ވާ އާދިއްތަ ދުވަހުން ފެށިގެން ސޮފްޓްކޮޕީ ފޯރމެޓްގައި ބީލަމުގައި ބައިވެރިވުމަށް ރެޖިސްޓްރީ ކުރާ ފަރާތްތަކަށް މެއިލްކުރުމަށް ހަމަޖެހިފައިވާއިރު ބީލަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބޭއްވޭ މައުލޫމާތު ސެޝަންގައި 09 ފެބްރުއަރީ 2021 ވާ އަންގާރަ ދުވަހުގެ 10:30 ގައި ކައުންސިލް އިދާރާގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. މިސެޝަންގައި އެ ކޮމެޓީގެ އިމާރަތް ހުރި ސައިޓަށް ގޮސް އިމާރާތުގެ މިހާރުގެ ހާލަތުވެސް ދެއްކިގެންދާނެކަމަށް ކައުންސިލުންވަނީ ބުނެފައެވެ، މި މަސައްކަތްކުރުމަށް ޝައުގުވެރިވާ ފަރާތްތަކުގެ ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ 16 ފެބުރުވަރީ 2021 ވާ އަންގާރަ ދުވަހުގެ 11:00ގައި ކައުންސިލްގެ އިދާރާގެ ހޯލްގައެވެ.