English Edition
Dhivehi Edition
ފޮޓޯ: އައްޑޫ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ

އައްޑޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އިން، އައްޑޫ ސިޓީގެ ހަތަރު ސަރަހައްދެއްގައި ހިންގުމަށް ބޭނުންވާ ފަހާ ކޯސް ހިންގައިދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ މިބާވަތުގެ މަސައްކަތްކުރުމަށް ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި ޤާނޫނީ ގޮތުން ވިޔަފާރިކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ، ފުރުސަތު ހުޅުވާލާފައިވާކަމަށެވެ.

މި މަސައްކަތާއި ގުޅޭ ބިޑް ޑޮކިއުމަންޓް 04 ސެޕްޓެންބަރު 2022 ވާ އާދީއްތަ ދުވަހުން ފެށިގެން 12 ސެޕްޓެންބަރު 2022 ވާ ހޯމަ ދުވަހުގެ މެންދުރު 14:00 އާއި ހަމައަށް އައްޑޫ ސިޓީ ކައުންސިލް އިދާރާއިން ގަންނަން ލިބެން ހުންނާނެއެވެ،

ބީލަމުގައި ބައިވެރިވުމަށް 300/- (ތިން ސަތޭކަ) ދިވެހި ރުފިޔާގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭއިރު ބީލަންތައް ބަލައިގަތުމާއި، އަދި ބީލަން ހުޅުވުން އޮންނާނީ 21 ސެޕްޓެންބަރު 2022 ވާ ބުދަ ދުވަހުގެ 10:00 ގައި އައްޑޫ ސިޓީ ކައުންސިލް އިދާރާގައެވެ.