English Edition
Dhivehi Edition
ޑްބްލިއުޑީސީގެ ބައްދަލުވުމެއްގެ ތެރެއިން ފޮޓޯ: ޑަބްލިއުޑީސީ

އައްޑޫސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ “އަފިރިންގެ އެކްސްޕޯ 2024” ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އައްޑޫސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ބުނީ އައްޑޫ ސިޓީގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީވެރިންނަށް އަމާޒުކޮށްގެ އެކްސްޕޯއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިއެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރ މަހުގެ 5،4،3 މި ތިން ދުވަހުއެވެ. އެކްސްޕޯގައި ކޮންމެ ވިޔަފާރިވެރިއެއްގެ އަތުން ކޮންމެ ސްޓޯލަކަށް -/200 ގެ ފީއެއް ނެގުމަށް ވަނީ ހަމަޖެހިފައެވެ.

އައްޑޫ ސިޓީ އަންހެނުންގެ ކޮމިޓީއިން ވަނީ މި އެކްސްޕޯގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 20 އޮގަސްޓް 2024 ން 31 އޮގަސްޓް 2024 ގެ ނިޔަލަށް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން 12:00 އާއި ދެމެދުގެ ގަޑިތަކުގައި، އެކްސްޕޯގައި ބައިވެރިވުމަށް އަދި ނަން ނޯޓުކުރުމަށާއި އިތުރު މަޢުލޫމާތު ހޯއްދެވުމަށް 7782671 އަށް ގުޅުމަށް އެދިފައެވެ.

އައްޑޫ ސިޓީ އަންހެނުންގެ ކޮމިޓީއިން މި އެކްސްޕޯ އާއި ގުޅޭ މައުލޫމާތު ދިނުމަށް އެ ސިޓީގެ ރައްޔިތުންނާ ކަމާއި ގުޅޭ އިދާރާތަކާއެކު ވަނީ ބައްދަލުވުންތައް ބާއްވާފައެވެ.