English Edition
Dhivehi Edition
ފޮޓޯ: އައްޑޫ އަންހެނުންގެ ކޮމިޓީ

އައްޑޫ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ފަރާތުން 2023 ވަނަ އަހަރު ހިންގުމަށް ހަމަޖެހިފައިވާ ގޭގައި ހިފާ ގެންގުޅޭ ކަރަންޓް ސާމާނު މަރާމާތު ކުރުމުގެ ބޭސިކް ކޯހުގެ ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ކުރި އިއުލާނުގައި ބުނީ މި ކޯހަކީ އައްޑޫ ސިޓީގެ އަންހެން ކަނބަލުންނަށް ފަސޭހަ ކަމާއެކު ކަރަންޓް ސާމާނަށް ދިމާވާ ކުދިކުދި މައްސަލަތައް ހައްލު ކުރަން އެނގުމާއި، ކަރަންޓް ޙަރަދު ކުޑަގޮތެއްގައި ބޭނުން ކުރަން އެނގުމާއި، ރަައްކާތެރި ގޮތުގައި ކަރަންޓް ބެނުން ކުރަން ދަސްކޮށް ދިނުމުގެ ގޮތުން ހުނަރުވެރި ބަޔަކަށް ހެދުމުގެ މަޤްޞަދުގައި ބާއްވާ ކޯހެއްކަމަށެވެ. މިއީ އައްޑޫސިޓީގެ ހުރިހާ ރަށަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ބޭސިކް ކަރަންޓު ކޯހެއް ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ،

މި ކޯސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 3 ކުލާހަކަށް ބަހާލެވިގެންނެވެ. އެއީ ހިތަދޫ އެއް ކުލާސް، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫ އެއް ކުލާސް އަދި ހުޅުމީދޫ އެއް ކުލާހެވެ. އަދި މި ކޯހުގެ މުއްދަތަކީ 5 ދުވަހެވެ.

މި ކޯހުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 02 ނޮވެމްބަރ 2023 އިން 8 ނޮވެމްބަރ 2023 ގެ 12:00 ގެ ކުރިން ކޯހުގައި ނަން ނޯޓުކުރުމަށް ކައުންސިލުން ވަނީ އެދިފައެވެ. އަދި އިތުރު މަޢުލޫމާތު ހޯއްދެވުމަށް ކޮމެޓީގެ ރަސްމީ ނަންބަރަށް 9336787 އަށް ގުޅުމަށް ވަނީއެދިފައެވެ،