English Edition
Dhivehi Edition

މި އަހަރު އެންމެ ގިނަ ބަޔަކު އިންތިޒާރުކުރަމުންދާ އެއް ކައިވެންޏަކީ ވަރުންދަވަން އަދި ނަތާޝާ ދަލާލްގެ ކައިވެނިކަމާއި މެދު ޝައްކެތް ނެތެވެ.

އެ ކައިވެނީގެ އެކިއެކި ރަސްމިއްޔާތުތަކުގެ ފޮޓޯ އާއި ވީޑިއޯ ބަލާ ހިތުން ގިނަ ބަޔަކު ކެތް މަދުވެފައިވާކަން އެގިގެންދަނީ މި ކައިވެނީގެ ވާހަކަދައްކަން ފެށީއްސުރެ ގިނަ ބަޔަކު ކުރަމުންދާ ކޮމެންޓްތަކާއި ޕޯސްޓްތަކަށް ބަލާލުމުންނެވެ. ޕަޕަރާޒީންގެ ކެމެރާތައްވެސް މި ކައިވެންޏަށް އަމާޒު ވެފައިވާއިރު ވަރުން މިވަނީ މި ކައިވެނި ހަފްލާގައި ފޯނުގެ ކެމެރާ ބޭނުންކުރުމަކީ މަނާކަމެއްކަމަށް ބުނެފައެވެ މިއީ ނަތާޝާ ބޭނުންވާ ގޮތް ކަން ހާމަކުރަމުން ވަރުން ބުނީ އެމީހުންގެ ކައިވެނީގެ ފޮޓޯނަގާ މީސްމީޑިއާގައި ހިއްސާކުރުމަކީ އެމީހުން އެއްވެސް ގޮތަކަށް ބޭނުންވާ ކަމެއްނޫންކަމަށެވެ

މި މަހުގެ 24 ވާ އާދީއްތަ ދުވަހު ބާއްވާ މި ކައިވެނި ހަފްލާ ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އަލީބައުގެ ފަސްތަރީގެ ހޮޓްލެއްކަމަށްވާ ދަ މޭންޝަން ހައުސްގައެވެ. މި ކައިވެނީގެ ރަސްމިއްޔާތުތައް މިއަދު ފެށިފައިވާއިރު ކޮވިޑް19 ގެ ސަބަބުން ކައިވެނީގެ ހަފްލާގައި ބައިވެރިވާނީ ދެ ފަރާތުގެ އާއިލާގެ މީހުންނާއި ގާތް އެކުވެރިން އެކަންޏެވެ.
ވަރުންގެ ބޮލީވުޑް އެކުވެރިންގެ ތެރެއިން ކަރަން ޖޯހަރް އާއި ޝާހްރުކް ޚާން މި ރަސްމިއްޔާތުގައި ބައިވެރިވާނެ ކަމަށް މީޑިއަ ރިޕޯޓުތައް ބުނެފައިވާއިރު
ކައިވެންޏަށްފަހު ވަރުން އާއި ނަތާޝާ ހަނީމޫނަށް ދާން ހަމެޖެހިފައިވަނީ ތުރުކީ އަށެވެ.