English Edition
Dhivehi Edition

ބޮލީވުޑްގެ ތަރި ވަރުންދަވަންގެ ކައިވެނި ހަފްލާ ބާއްވަން ހަމަޖެހިފައިވާ ފަސްތަރީގެ ހޮޓަލަށް ދިޔަމަގުމަތީގައި އޭނަގެ ކާރު އެކްސިޑެންޓް ވެއްޖެއެވެ.

އިންޑިއާގެ ނޫސްތަކުން ބުނާގޮތުގައި، ވަރުން އާއި އާއިލާގެ ބައެއް މެމްބަރުން ދުއްވާފައިދިޔަ ކާރު އެކްސިޑެންޓް ވެފައިވަނީ ހޮޓަލާވަރަށް ކައިރިވެފައި ވަނިކޮށެވެ. ނަމަވެސް ކާރު އެކްސިޑެންޓްގައި ކާރަށާއި އޭގައި ތިބި އެކަކަށްވެސް މާބޮޑު އަނިޔާއެއް ނުވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ވަރުންގެ ކައިވެނި ހަފްލާ ރަސްމީކޮށް މިއަދު ފެށޭއިރު އޭނާވަނީ އެހޮޓަލަށް ދިޔުމަށް މިމަހު 22ވަނަ ދުވަހު ދަތުރުފަށާފައެވެ. ވަރުންގެ މި ދަތުރުގައި އޭނަގެ ރައްޓެހިންވަނީ މަޑުކުރި ބައެއް ހޮޓެލްތަކުގައި ބެޗްލާޕާޓީވެސް ބާއްވާފައެވެ. ވަރުން އަށް އަލީބައުގެ ފަސްތަރީގެ ހޮޓަލާހަމައަށް ދެވިފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.

ކުޑައިރުއްސުރެ ގާތް ރަހުމަތްތެރިންގެ ގޮތުގައި ތިބެ ފަހުން ދެލޯބިވެރިންނަށް ބަދަލުވި މިދެމީހުންގެ ކައިވެނި ހަފްލާ މިއަދު ފެށިގެންދާނެއެވެ. ވަރުންއާއި ނަތާޝާގެ ކައިވެނި ކޮވިޑް އާހެދި ފަސްވެގެން ގޮސްފައިވީ ނަމަވެސް އާއިލާ އާއި ގާތް ރަހުމަތްތެރިންނާ އެކު މިއަދު ފެށޭ މިހަފްލާ ކުރިއާށްދާނީ ވަރަށް ޕްރައިވެޓްކޮށެވެ. އެގޮތުން މިހަފްލާ ފޮޓޯނަގައި ވީޑިއޯކޮށް މީސްމީޑިއާގައި ދައުރުކުން ވަރުން އާއި ނަތާޝާވަނީ މަނާކޮށްފައެވެ.

މިހަފްލާގައި ބައިވެރިވާ ބޮލީވުޑްގެ ހާއްސަ މީހުންނަކީ ކަރަންޖޯހަރާއި ޝާހުރުކް ހާން ކަމަށް މައުލޫމާތުލިބެއެވެ. ވަރުން އާއި ނަތާޝާ ކައިވެންޏަށްފަހު ހަނީމޫނަށް ދާން ހަމަޖެހިފައިވަނީ ތުރުކީއަށެވެ.