English Edition
Dhivehi Edition

ގއ. ދެއްވަދޫ ކްލަސްޓާ އިން ކޮވިޑް19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 69 އަށް އަރައިފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު ޑރ ނަޒްލާ ރަފީގު ވިދާޅުވީ ދެއްވަދޫ ކްލަސްޓާ އިން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ދެއްވަދޫ އިން ޕޮޒިޓިވްވި 55 މީހަކާއި، ލ. ފޮނަދޫ އިން ޕޮޒިޓިވްވި ހަތަރު މީހެއްގެ އިތުރުން ގއ ވިލިނގިލިން ޕޮޒިޓިވްވި 2 މީހެއް އަދި ހުޅުމާލެއިން ޕޮޒިޓިވްވި ދެ މީހަކާއި ގއ ދާންދޫ އިން ޕޮޒިޓިވްވި ހަ މީހެކެވެ.

މި ކްލަސްޓާ އާއި ގުޅިގެން ދާންދޫ އާއި ދެއްވަދޫ އަދި ވިލިނގިލި އޮތީ މޮނިޓަރިންގައެވެ. ދެއްވަދޫގައި ކޮވިޑް އުޅޭކަން އެންމެ ފުރަތަމަ ފާހަގަވީ މިދިޔަ މަހު 24 ވަނަ ދުވަހު ކަރަންޓީންގައި ހުރި ކުއްޖަކު ޕޮޒިޓިވްވެގެން ރެންޑޮމް ސާމްޕަލް ނެގުމުން އިތުރު ކޭސްތަކެއް ފެނުމުންނެވެ.