English Edition
Dhivehi Edition

ގއ ދެއްވަދޫ ކައުންސިލަށް ލަފާދޭ ކޮމިޓީގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ހުވަދު އަތޮޅު އުތުރުބުރީ ދެއްވަދޫ ކައުންސިލް އިދާރާއިން ނެރުއްވާފައިވާ އިޢުލާންގައިވާ ގޮތުން، އެ ކައުންސިލުން ނިންމާ ނިންމުންތަކުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށާއި ކައުންސިލާއި ސަރުކާރުގެ އިދާރާތަކުން ރަށުގެ ތަރައްޤީއަށް ރާވާ ހިންގުމަށް ހަމަޖެހިފައިވާ އެކިއެކި މަޝްރޫޢުތަކާއި އެހެނިހެން ޙަރަކާތްތައް ހިންގުމުގައި އެކިއެކި ދާއިރާތައް ހިމެނޭގޮތަށް އެފަރާތްތަކުގެ ލަފާ ހޯދައިގެން މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ބޭނުންވާތީ، ކައުންސިލަށް ލަފާދޭ ކޮމިޓީއެއް އެކުލަވާލަން ބޭނުންވާކަމަށް އެއިޢުލާންގައި ބުނެފައިވެއެވެ. މި ކޮމިޓީގައި ރަށުގައި ގާއިމްކޮށްފައިވާ ސަރުކާރުގެ އިދާރާތަކާއި، މަސްވެރިންނާއި ވިޔަފާރިވެރިންނާއި ކްލަބް ޖަމިއްޔާތަކާއި އަދި ޢާންމު ރައްޔިތުންގެ ތެރެއިން މީހުން ހިމެނުމަށް އެ ކައުންސިލުން ވަނީ ނިންމާފައެވެ.

ވީމާ، ކްލަމް ޖަމްޢިއްޔާތަކާއި ޢާންމު ރައްޔިތުންގެ ތެރެއިން މި ކޮމިޓީގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 15 ޖުލައި 2021 ވާ ބްރާސްފަތި ދުވަހުގެ 13:30ގެ ކުރިން ލިޔުމަކުން އެއިދާރާއަށް އަންގަވައިދެއްވުމަށް ވަނީ އެދިފައެވެ. އީމެއިލް ކުރައްވާނަމަ [email protected] އަށް މެއިލް ކޮށްދެއްވުމަށް އެދޭކަމަށް އެ އިޢުލާންގައި ބުނެފައިވެއެވެ.