English Edition
Dhivehi Edition

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން ރާއްޖޭގެ އެކި ރަށްތަކުގައި ގާއިމްކުރަމުން އަންނަ ފުޓްބޯޅަ ދަނޑުތަކުގެ ތެރެއިން ގއ. ދާންދޫ އަދި ގއ. ދެއްވަދޫ ފުޓްބޯޅަ ދަނޑުގެ ސަބް ބޭސް ތައްޔާރުކުރުމަށް ކޮންޓްރެކްޓް ހަވާލު ކޮށްފިއެވެ.

އެގޮތުން މި ދެ ރަށުގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ މިޓާޒް ޕްރައިވެޓް ލިމިޓެޑާއެވެ. އާދިއްތަ ދުވަހު މިނިސްޓްރީގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އަހްމަދު އިބްރާހިމްއެވެ.

އަދި ދެއްވަދޫ ދަނޑުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 2،301،988.86 ރުފިޔާއަށެވެ. އަދި ދާންދޫ ދަނޑުގެ ސަބް ބޭސް ތައްޔާރުކުރުމަށް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 2،359،807.33 ރުފިޔާއަށެވެ. މި ދެ ދަނޑުގެ ސަބް ބޭސްގެ މަސައްކަތް ވެސް ފަށާތާ 45 ދުވަހުގެ ތެރޭގައި ނިންމަން ވަނީ ކޮންޓްރެކްޓްގައި ބަޔާންކޮށްފައެވެ.